މި އަހަރުގެ މިހާތަނަށް ހަތް މީހަކަށް ހިމަބިހި ޖެހުނު
މި އަހަރުގެ މިހާތަނަށް ހަތް މީހަކަށް ހިމަބިހި ޖެހުނުކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހިމަބިހީގެ ކޭސްތައް ފެނެއެވެ.
ހެލްތު މިނިސްޓްރީން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ހިމަބެހި ފެނުނު ހަތް ކޭސްއާއެކު އެ ކޭސްތަކުގެ 74އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ހިމަބިހީގެ ކޭސްއެއް ފެނިއްޖެނަމ އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައިސް ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ. އެހެންވެ އެފަދަ އަލާމާތްތަކެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި އަދި ހޮސްޕިޓަލަަށް އަންނައިރު މާސްކު އަޅަން ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.