ޚަބަރު

ލީވާން އާއި ޝަހުޒާން ޖަލަށް ލި މައްސަލަ ހައި ކޯޓުން ބަލައިގަނެފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޝަހުޒާން(ކ) އަދި ލީވާން(ވ)--

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ ލީވާން އާއި ޝަހުޒާން ޖަލަށްލި ހުކުމުގެ މައްސަލަ ހައި ކޯޓުން އިސްތިއުނާފުކޮށްފިއެވެ.

Ads by Allied

އެ ދެ ނޫސްވެރިން ޖަލަށް ލާފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފު ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ބުނެ ކްރިމިނަލް ކޯޓުންނެވެ. ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ "އަދަދު"ނޫހުގެ ސީއީއޯ ފިޔާޒު އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)އޮފީހުން މީގެ އަމުރެއް ނެރެދިނުމަށް އެ ކޯޓުގައި އެދިގެންނެވެ.

ޝަހުޒާން ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފުވި ކަމަށް ނިންމާފައިވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެ މަނިކުފާނާ ސުވާލުކޮށްގެންނެވެ. އަދި ލީވާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ކޯޓުންއެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔުނު ގޮތަކުންނެވެ.

މި މައްސަލައިގައި އެ ދެ ނޫސްވެރިން ކްރިމިނަލް ކޯޓަށް ހާޒިރުކުރީ މި މަހުގެ 12ވަނަ ދުވަހުގައެވެ. އެ ދުވަހު އެ ދެ ނޫސްވެރިންނަށް ވަކީލަކު އައްޔަނުކުރުމަށް ދީފައިވަނީ އެންމެ ދެ ގަޑިއިރެވެ. ހަމަ އެދުވަހު ވަނީ އެ ދެ ނޫސްވެރިން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ. ލީވާން ގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ލީވާން 10ދުވަހަށް ޖަލަށް ލުމުގެ އިތުރުން 26,800.ރއިން ޖޫރިމަނާކުރުމަށެވެ. އަދި ޝަހުޒާން 15ދުވަހަށް ޖަލަށް ލުމުގެ އިތުރުން 25،800.ރއިން ޖޫރިމަނާކުރުމަށެވެ.

މި ދެ ހުކުމް އިސްތިއުނާފްކޮށްފައިވަނީ ވަކިވަކިންނެވެ. އެ ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އެ މައްސަލަ ވަނީ އެ ކޯޓުގައި ރަޖިސްޓްރީކޮށްފައެވެ.

Ads by Allied Insurance