ޚަބަރު

ޢީދު ބަންދުގައި ކަނޑުދަތުރުތަކަށް ފެށުމުގެ ކުރިން މޫސުމަށް ސަމާލުވުމަށް މެޓް އިލްތިމާސްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ކުރިއަށް އޮތް ތިން ދުވަހު ގަދަވާނެކަމަށް ލަފާކޮށް، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު އާންމުންނަށް އިލްތިމާސްކޮށްފިއެވެ.

Ads by Allied

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، އީދު ދުވަހު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ފުރިހަމަ ސަލާމަތީ ފިޔަވަޅުތައް ނާޅައި ދަތުރުތަކަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.

ހުޅަނގު މޫސުން ފެށުނުކަމަށް މޫސުމާބެހޭ އިދާރާއިން ކަނޑައަޅަނީ ވަކި ހާއްސަ މިންގަނޑުތަކެއް ފުރިހަމަވުމުންނެވެ. އެގޮތުން މެއި މަހުގެ ފުރަތަމަ ދުވަހަށްފަހު، ރާއްޖޭގެ ދެކުނުގެ މޫސުން ބަލާ ސްޓޭޝަންތަކުގެ ތެރެއިން 60އިންސައްތަ ސްޓޭޝަނަށް، ޖެހިޖެހިގެން ދެ ދުވަހަށްވުރެ ދިގު މުއްދަތަކަށް ދުވާލަކު 2.5މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހެން ޖެހޭނެއެވެ.

Ads by Allied Insurance