ޚަބަރު

ނިޔާޒުގެ ތްރީޑީ ކުރެހުމެއް ހުއްދަ ނުނަގާ ޕީއެސްއެމުން ބޭނުންކުރިކަމަށް ބުނެފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހުސައިން ނިޔާޒުގެ ތްރީޑީ ބޮޑުމަސް ކުރެހުން: ޓީވީއެމްގެ އީދު ޕޯސްޓްގައި ވެސް މި ވައްތަރުގެ ކުރެހުމެއް ބޭނުންކުރި

ޓްރީޑީ އާޓިސްޓް އަދި ޓައިޕޮގްރާފަރު ހުސައިން ނިޔާޒުގެ ތްރީޑީ ކުރެހުމެއް ކަމަށްވާ ފަނުން ހަދާފައިވާ ބޮޑު މަސް ކުރެހުމެއް ޕީއެސްއެމްގެ އީދު ޕޯސްޓްގައި ބޭނުންކޮށްފައިވާ ކަން ފާހަގަކޮށް، އޭނާ ނުރުހުން ފާޅުކޮށްފިއެވެ.

Ads by Allied

ނިޔާޒު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ޓީވީއެމް ނުވަތަ ޕީއެސްއެމަށް އެ ބޮޑުމަސް ބޭނުން ކުރުމުގެ ހުއްދަ އޭނާ ނުދޭ ކަމަށެވެ. އޭނާގެ މަސައްކަތުގެ ވެސް އަގެއް އޮންނަން ވާނެ ކަމަށް ވެސް ބުންޏެވެ.

"މިއަށް ޓީވީއެމުން އަގު ދައްކަން ވާނެ. މީ މިހެން ތަކުރާރު ކުރި ދެވަނަ ފަހަރު. މި ފަހަރު މި ކަމުގެ އަގު ދެއްކުމަށް އެދެން. ފްރީކޮށް ދޫކުރި ފޮންޓްތައް ބޭނުން ކުރިޔަސް މައްސަލަ އެއްނެތް. އެކަމު އަހަރެން ފްރީކޮށް ދޫ ނުކުރާ އެއްޗެއް މިހެން ބޭނުން ކުރާނަމަ އަގު ދައްކަން ޖެހޭނެ"ނިޔާޒު ލިޔެފައިވެއެވެ.

މި ކަމުގައި އިންސާފު ހޯދަން ހުރިހާ ރައްޓެހިންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

Ads by Allied Insurance