ޚަބަރު

އަނބިމީހާއަށް މަޖުބޫރުކޮށްގެން ހަށިވިއްކުވި ބިދޭސީއަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓު ހިންގާ އިމާރާތް--

އަނބިމީހާއަށް މަޖުބޫރުކޮށްގެން ހަށިވިއްކުވި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ނަހީދުލް އިސްލާމް(30އ)އެވެ.

މީހުން ޓްރެފިކްކުރުމުގެ ތުހުމަތު އިސްލާމްގެ މައްޗަށް ކުރާއިރު އެ މައްސަލައިގައި އޭނާ 10ދުވަސް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އިސްލާމް އޭނާގެ އަންހެނުން ކޮޓަރިއެއްގައި ބަންދުކޮށްގެން ހަށި ވިއްކުމުގެ ކަންކަން ކުރުމުގެ ކަންކަން ކުރާ ކަމަށް އަންހެން މީހާ ބުނެއެވެ.

ނަމަވެސް އެ ތުހުމަތުތައް އިސްލާމް ދޮގުކުރެ އެވެ. އެކަމަކު ފުލުހުން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނީ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ބަންދު އަމުރުގައި ބުނެފައެއް ނުވެއެވެ.

Ads by Allied Insurance