ޚަބަރު

މަސްދޯނިން މީހަކު ގެއްލުނު ހާދިސާ: ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފަ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފުލުހުންގެ މައި އިރާދާ، ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް / ފޮޓޯ: ދެން މީޑިއާ

މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހަކު، މޫދު އަޑީގައި އޮއްވާ ފެނުނު މީހާ ނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، އެމީހާ ގދ. ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދޭ ކަމަށެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ،  އޭޝިޔާ / ގދ.ގައްދޫ، އިސްޙާޤު ރަޝީދު (44އ) ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!