Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޙައްޖުގެ އަޅުކަމަށް ފަހު، ދިވެހި ޙައްޖުވެރިންގެ ދެވަނަ ގުރޫޕް މިއަދު ހަވީރު ރާއްޖެ އަންނަނީ

ޙައްޖުގެ އަޅުކަމަށް ފަހު، ދިވެހި ޙައްޖުވެރިންގެ ދެވަނަ ގުރޫޕް މިއަދު ހަވީރު ރާއްޖެ އަންނަނީ

މި އަހަރު ސައުދީ އަރަބިއްޔާގައި ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރި ދިވެހިންގެ ތެރެއިން ދެވަނަ ގުރޫޕްގެ ޙައްޖުވެރިން މިއަދު ހަވީރުގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ޙައްޖުވެރިން ގޮވައިގެން އަންނަ ދެވަނަ ފްލައިޓް ރާއްޖެއަށް ޖައްސާނީ މިއަދު ހަވީރު 17:40ގައެވެ. މި އަހަރު ދިވެހި ޙައްޖުވެރިން އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ބާކީ ތިބި ޙައްޖުވެރިން އެނބުރި އަންނާނީ ކުރިއަށް އޮތް ހޯމަ އަދި އަންގާރަ ދުވަހުއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ފަހަރުގެ ޙައްޖު މޫސުމުގައި ރާއްޖެއިން 1،000 މީހުންނަށް ވަނީ ޙައްޖަށް ދިއުމުގެ ފުރުސަތު ލިބިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ދިވެހި ޙައްޖުވެރިންނަށް އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތަކަކާއި އިންތިޒާމުތަކެއް ހަމަޖައްސައިދެވުނު އަހަރުކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މިކަން ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް