ޚަބަރު

އިއްޔެ އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިންނެވެ. ނަމަވެސް މިއަދަކު އެ ގާތްކަމެއް ނެތެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިރިއުޅުމުގެ ކަންކަމަކީ ހާދަހާ އަވަހަށް ބަަދަލުވާ ކަންކަމެވެ. ނޭނގި ހުއްޓާ ތިބާގެ ދިރިއުޅުމަށް އަންނާނީ ކިހާވަރެއްގެ ތޫފާނެއް ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. ތިބާގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލާ ރާޅު ތިބާގެ ބޯ މަތިން ހިއްލާލާނީ ކޮންއިރަކު ކަމެއް ޚުދު ތިބާއަށްވެސް ނޭނގޭނެއެވެ. ދިރިއުޅުމުގައި ބަދަލުވަނީ ހަމައެކަނި ކަންތައްތަކެއް ނޫނެވެ. އެކުގަައި އުޅޭ އެކުވެރިންވެސް ބަދަލުވެއެވެ،

Ads by STELCO

ތިބާގެ އެންމެ ގާތް އެކުވެރިން މިއަދު ތިބާ މަގުމަތިން ފެނުމުން ފެންނަ ކަމަށްވެސް ހަދާނުލާ ތިބެދާނެއެވެ. ތިބާ ފެނުމުން ތިބާއާ ވާހަކަ ނުދެއްކުމަށްޓަކައި އިސްޖަހާފާނެއެވެ. ގުޅާލުމުން ފޯނު ނުނަގާ ހުރެ، އަދި އެވަރުން ނުވެެގެން ބްލޮކް ވެސް ކޮށްލަފާނެއެވެ. ތިބާގެ މެސެޖްތައް "ޑެލިވާޒޯން" ކޮށްލަފާނެއެވެ. ކަންތައްތައް ވާ ގޮތަކީވެސް މިއީ ދޯއެވެ.

އިއްޔެ އަހަރެންގެ އެންމެ ގާތް މިތުރުންނަކީ މިއަދު އަހަރެންގެ ހަތުރުން ފަދަ ބައެކެވެ. ވާނީ ވެސް އެހެންތާއެވެ. އެންމެ ކައިރީގަައި އުޅެފައި ކެހިދިނީ ކަމެއް ވާން އުޅޭކަން އަހަންނަށް ނުވެސް އެނގި ހުއްޓާއެވެ. އަހަރެންގެ ކުރިއެރުމަށް އެމީހުން ހަސަދަވެރިވީއެވެ. އަހަރެންގެ ހުވަފެންތައް އަހަރެންނަށް ހާސިލުވާ މަންޒަރު ބަލަން އެމީހުންގެ ހިތަށް ކެތްނުވީ ކަންނޭނގެއެވެ. ނަމަވެސް ހަގީގީ ރަހުމަތްތެރިންނަކީ ތިބާގެ ރަހުމަތްތެރިޔާއަށް ލިބޭ ކޮންމެ ކާމިޔާބީއެއްގައި އަދި ނާކާމިޔާބީއެއްގައި ވެސް ތިބާއާއެކު ވާ މީހުންނެވެ. ތިބާ އަށް ކާމިޔާބީއެއް ލިބުމުން އަދި އިތުރު ކާމިޔާބީތަކެއް ހޯދުމަށް އެހީތެރިވާ މީހުންނެވެ.

ދުނިޔޭގައިވާ އެންމެ ނުރައްކާތެރި އެކައްޗަކީ ހަސަދައެެވެ. އެއީ ހުރިހާ ގުޅުންތަކެއް ހީނަރުކޮށްލާ ވިހަގަދަ ހަރުފައެކެވެ. މީހެއްގެ ހިތުގައި އަނެކާއާ މެދު ހަސަދަވެރިކަމުގެ އަލިފާން ރޯވެއްޖެ ނަމަ އެމީހެއްގެ ހިތް ދުވަހަކުވެސް އަނެކާއަށް ޓަކައި ހެވެއް ނުވާނެއެވެ. އެމީހާއަކީ އޭނާގެ އާއިލާ މީހެއް ކަމުގައި ވިޔަސް މެއެވެ. އާއިލާއެއް ގާތް ރަހުމަތްތެރިއެއް ބަލާނެ ކަމެއް ނެތެވެ. ހުރިހާ ގުޅުމެއްގެ ވެސް ދޭތެރެެއަށް ވަންނަ އެކައްޗަކީ ހަސަދަވެރިކަމެެވެ. މިތުރުންގެ މީމު، ހާ އަކަށް ބަދަލުވާ އެއް ސަބަބަކީ ވެސް މިއެވެ.

އާނއެކެވެ. މިއަދު މިތުރުން ހަތުރުންނަށް ވެއްޖެއެވެ. ހަތުރުން މިތުރުންނަށް ވެއްޖެއެވެ. ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. އެންމެ އެއްކޮށް އެކުގައި އުޅުނު އެކުވެރިން މިއަދު ގެއްލިއްޖެއެވެ. އަހަރެންގެ ދިރިއުޅުމާ ވަކިވެގެން ހިނގައްޖެއެވެ. ސަބަބަކީ ހަސަދައެވެ.

ތެދެކެވެ.

އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިންނެވެ. ނަމަވެސް މިއަދަކު ނޫނެވެ. އިއްޔެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!