ޚަބަރު

ހުއްދަނެތި ސީޕްލޭނެ ޕްލެޓްފޯމެއް ހަދަން ފެށުމުން ސީ.ޖޭ.އެލް ޖޫރިމަނާކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
v. kunaavashi

ހުއްދަ ނެތި ވ. ކުނާވަށީގައި ސީޕްލޭނެ ޕްލެޓްފޯމެއް ހަދަން ފެށުމުން އިން ސީ.ޖޭ.އެލް އިންވެސްޓްމެންޓް ކުންފުނި ޖޫރިމަނާކޮށްފިއެވެ.

ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އިން މައުލޫމާތު ދިން ގޮތުގައި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގައި ވާގޮތުން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫޢުތައް، އެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ކުރިން ސްކްރީީންކޮށް އީއާރުއޭގެ ހުއްދަ ހޯދަން ޖެހެއެވެ. ނަމަވެސް ސީޖޭއެލް އިން ކުނާވެށީގައި ސީޕްލޭން ޕްލެޓްފޯމް ހެދުމުގެ މަޝްރޫއު ފަށާފައި ވަނީ އީއައިއޭ މަރުހަލާތައް ފުރިހަމަނުކޮށް ކަމަށާއިވުމާ އެކު އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެ ކުންފުނި ޖުރިމަނާ ކުރީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު ގެ ދަށުން ކުށް ކުރި ފުރަތަމަ ފަހަރަށް ބަލައި 20،000.00 ރުފިޔާއިން ކަމަށެވެ.

މީގެ އިތުރުން ސީޖޭއެލް އިން މި ފައިސާ ދައްކަން ޖެހޭނީ ބަންދުދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެއްގައި ބަނޑޭރިޕޭ މެދުވެރިކޮށް ކަމަށާއި ވ. ކުނާވަށީގައި ސީޕްލޭން ޕްލެޓްފޯމް ހެދުމުގެ މަޝްރޫއު އީއައިއޭ ފުރިހަމަކުރުމަށް ފަހު ކުރިއަށްގެންދިއުމަށް ނަސޭހަތްތެރިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.