Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ރައީސްގެ ޚާއްސަ ސިޓީ ފުޅާކާއެކު ޝާހިދު ޔޫއޭއީއަށް

ރައީސްގެ ޚާއްސަ ސިޓީ ފުޅާކާއެކު ޝާހިދު ޔޫއޭއީއަށް

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ހާއްސަ ސިޓީފުޅަކާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫއޭއީ އަށް ވަޑައިގެންފިއެވެ.

ރައީސްގެ މި ސިޓީފުޅު ޔޫއޭއީގެ ރައީސްއަށް އެރުވީ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އެޤައުމުގެ ފޮރިން މިނިސްޓަރ ޝައިޚް ޢަބްދުﷲ ބިން ޒައިދު އަލް ނަޙްޔާނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒައިދު އަލް ނަޙްޔާނާ ބައްދަލުކުރައްވައި، ރައީސް ޞާލިޙްގެ ފަތްކޮޅު ޙަވާލުކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

މިނިސްޓަރ ވަނީ ދެޤައުމުގެ ޒަމަންވީ ގާތް، ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ޔޫއޭއީ ސަރުކާރުން ރާއްޖެ އަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް