Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުން ނިކަމެތިކޮށް، ދަރަނިވެރި ކޮށްލާނެ ބަޖެޓެއް: ޢާޒިމް

އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުން ނިކަމެތިކޮށް، ދަރަނިވެރި ކޮށްލާނެ ބަޖެޓެއް: ޢާޒިމް
އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުން ނިކަމެތިކޮށް، ދަރަނިވެރި ކޮށްލާނެ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ބަޖެޓާ ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކައެއްގެ ވީޑިއޯކޮޅެއް ހިއްސާ ކުރައްވައި، މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ކުރިއަށް އޮތީ ވަރަށް ދަތި އުނދަގޫ އަހަރެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށަހެޅުއްވި 42.8 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން އިއްޔެ ވަނީ ފާސް ކުރައްވައިފައެވެ. އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ބަޖެޓު ފާސްކުރުމަށް 61 މެމްބަރަކު ވޯޓު ދެއްވި އިރު، ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް އަށް މެމްބަރަކު ވަނީ ވޯޓު ދެއްވައިފައެވެ. ޢާޒިމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، ރައްޔިތުންނާ ދޭތެރޭގައި ފިކުރު ކުރުމެއް ނެތި، އެހާ ބޮޑު ދަރަނި ބަޖެޓެއް ހުށަހަޅައި ފާސް ކުރުމަކީ ރައްޔިތުން ނިކަމެތިކޮށް، ޤައުމުވެސް ބަނގުރޫޓު ކޮށްލާނެ ކަމެއް ކަމުގައެވެ. https://twitter.com/aliaazim/status/1597484075954376704
"ހެޔޮ ނުވާނެ މިހާ ދަރަނި ބޮޑު ބަޖެޓެއް، މި މަޖިލީހުން ފާސްކުރާކަށް. އަދި ވަކިން ޚާއްސަކޮށް، އަޅުގަނޑުމެންނަށް އޮޅުވާލައިގެން، ޤާނޫނު އަސާސީއާ ޚިލާފަށް، ސަޕްލިމެންޓްރީ ބަޖެޓެކޭ ކިޔައިގެން، މަޖިލީހަށް ހުށަހަޅައިގެން އެ އުޅެނީ." ޢާޒިމް ވިދާޅުވެފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މީގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ، މި ބަޖެޓަކީ، ވޭތުވެދިޔަ ތަނުގައި ކުރެވުނު ތަޖުރިބާގެ މައްޗަށް ބިނާކޮށް، ތައްޔާރު ކޮށްފައިވާ ބަޖެޓެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ބަޖެޓުގެ ސަބަބުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ރައްޔިތުންގެ ފުދުންތެރިކަމަށް އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.  

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް