ސިޔާސީ

ޕީއެންސީ ބައިބައިވުމަށް ފުރުސަތު ނުދިނުމަށް އާދަމް ޝަރީފް ގޮވާލައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ލޯކަލް ގަވާ،މަންޓް މިނިސްޓަރު އާދަމް ޝަރީފް--

ޕީއެންސީ ބައިބައިވުމަށް ފުރުސަތު ނުދިނުމަށް މި ސަރުކާރުގައި ލޯކަލް ގަވާމަންޓް މިނިސްޓަރުގެ މަގާމު ފުުރުއްވި އާދަމް ޝަރީފް އެ ޕާޓީގެ ސަޕޯޓަރުންނަށް ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފް އެކްސްގައި މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަ ވަރަކަށް، ވެރިކަން ކުރާ ޕާޓީ ބައިބައި ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރުމަކީ ރާއްޖޭގައި އަބަދުވެސް ހިނގާކަމެއް ކަމަަށެވެ.

އަދި އެ މަޅީގައި ކުރިން ވެރިކަން ކުރި އެމްޑީޕީ، ޑީއާރުޕީ އަދި ޕީޕީއެމްގައި ވެސް ޖެހުނު ކަމަށާއި އަދި އޭގެ ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު ޓާގެޓަކަށް ވާނީ ޕީއެންސީ. އެކަމަަށް ހުޝިޔާރުވާންޖެހޭ. މި ގައުމަށްޓަކައި ޕީއެންސީގެ ލީޑާޝިޕަށާއި ޕާޓީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ހިދުމަތަކަށް ވާނީ ޕާޓީ ބައިބައިވުމަށް ފުރުސަތު ނުދީ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރޖ. ޑރ މުހައްމަދު މުއިއްޒު  ހޮވުމަށް އެއް ރޫހެއްގައި މަސައްކަތް ކުރުން" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވިފަހުން އޭނާ ގަތަރުގެ ސަފީރު ކަމަށް އައްޔަނުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި ނިމިގެން ދިޔަ ހަފްތާގައި އޭނާ އެ މަގާމަށް އައްޔަނުކުރަން މަޖިލީހުން ވަނީ ރުހުން ވެސް ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!