އުތީމު ގަނޑުވަރު ސަރަހައްދު ރީތިކޮށް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ
ހއ، އުތީމުގައި ހުންނަ އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕްކޮށް ނުވަތަ އިތުރަށް ރީތިކޮށް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
އުތީމު ކައުންސިލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އުތީމު ގަނޑުވަރު ސަރަޙައްދު ލޭންޑްސްކޭޕްކޮށް ތަރައްޤީކުރަން ބޭނުންވަނީ އެ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކަމަށެވެ.
އަދި އެކަމަށް ޝައުގުވެރިވާ ފަޜާތްތަކުން ބީލަން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މި މަމުގެ 29ގެ ކުރިން އެކަން އަންގަން ޖެހޭނެ ކަމަށާއި އަދި އަންނަ މަހު ނުވައެއްގައި ބީލަން ހުޅުވުން އޮންނާނެ ކަމަަށް ވެސް އިއުލާންގައި ބުނެފައި ވެއެވެ.
ލޭންޑްސްކޭޕް ކުރުމުގެ މަސައްކަތުގެ ތެރެއިން އެސަރަޙައްދުގައި ހުރި އެއްވެސް ގަހެއް ނުވަތަ އިތުރު އެއްޗެއް ނަގާނަމަ ކައުންސިލާއި އެކަން ހިއްސާކޮށް ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެެއެެވެ.
އުތީމު ގަނޑުވަރަކީ ޕޯޗުގީޒުންނާ ދެކޮޅަށް ޖިހާދުކުރެއްވި ބޮޑުތަކުރުފާނުގެ ގެކޮޅެވެ.
އެ ގަނޑުވަރަކީ އާސާރީ ތަރިކައަކަށްވާ އިރު ގިނަ ބަޔަކު އެ ގަނޑުވަރު ބަލަން އަބަދުވެސް ދެއެވެ.
އެ ގަނޑުވަރަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަދެވޭނީ އެމަރުކަޒުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ނަންނޯޓް ކޮށްގެން ފައިސާ ދެއްކުމަށް ފަހުއެވެ.