ސުޕަސޮނިކް އަދި އެއަރ-ޓު-އެއަރ މިސައިލްތަކެއް ފޯރުކޮށްދިނުމަށް އިންޑިއާއާއި އިންޑޮނޭޝިއާއިން އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ޖަކާޓާ/ނިއުދިއްލީ -- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑޮނޭޝިއާގެ ޖަކާޓާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިންޑިއާއިން އިންޑޮނޭޝިއާއަށް ސުޕަސޮނިކް ކްރޫޒް މިސައިލާއި އެއަރ-ޓު-އެއަރ މިސައިލް (ވައިގެ ތެރެއިން ވައިގެ އަމާޒުތަކަށް ހަމަލާދޭ މިސައިލް) ފޯރުކޮށްދިނުމުގެ މުހިންމު އެއްބަސްވުންތަކެއްގައި އަންގާރަ ދުވަހު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތައް ރަސްމީކޮށް ނިންމާފައިވަނީ، ޖުލައި މަހުގެ 7 ވަނަ ދުވަހު ޖަކާޓާގެ މަރްދޭކާ ގަނޑުވަރުގައި ދެގައުމުގެ ވެރިން ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުމުގެ ކުރިން ބޭއްވި ރަސްމީ މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތުގައި ބޮޑުވަޒީރު މޯދީއަށް މަގުދައްކަވައިދެއްވީ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއެވެ.
ނިއުދިއްލީން ޖަކާޓާއަށް މިސައިލްތައް ފޯރުކޮށްދިނުމަށް ވެވުނު މި އެއްބަސްވުމަކީ، އިރުދެކުނު އޭޝިއާގެ ޤައުމުތަކުގެ ސަރުކާރުތަކާއެކު އޮންނަ ސަލާމަތީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ދެކުނު އޭޝިއާގެ އެންމެ ބޮޑު ބާރު ކަމަށްވާ އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅިގެންދިޔަ އެންމެ ފަހުގެ ފިޔަވަޅެކެވެ.
