Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ޗައިނާގައި ނޭވާލާ ނިޒާމުން ދޭ ވެކްސިންތައް އިތުރު ކުރަނީ

ޗައިނާގައި ނޭވާލާ ނިޒާމުން ދޭ ވެކްސިންތައް އިތުރު ކުރަނީ

ޗައިނާގައި ކޮވިޑް-19 ފެތުރޭތީ އަދަދުތައް މަދުކުރުމަށް ނޭވާލާ ނިޒާމަށް ދޭ ވެކްސިނެއް ދޭ އަދަދު އިތުރުކޮށްފިއެވެ.

ޗައިނާގައި ވައިރަސް ފެތުރުމުގެ ނުރައްކާ އެންމެ ބޮޑީ ވެކްސިން ޖެހުމަށް ޖެހިލުންވެފައި ތިބި އުމުރުން ދުވަސްވީ މީހުންގެ ބޮޑު އާބާދީގެ މެދުގައެވެ.

ދުވަސްވީ މީހުންގެ އާބާދީއަށް އަމާޒުކޮށްގެން ޗައިނާ ސަރުކާރުން ވަނީ ނޭވާލާ ނިޒާމަށް ދޭ ވެކްސިނެއް މިދިޔަ އޮކްޓޫބަރު މަހު ތައާރަފްކޮށްފަ އެވެ. ދުނިޔޭގައި އުފެއްދި މިފަދަ ފުރުސަތު ވެކްސިންގެ ދިރާސާތަކަށްފަހު މި ވެކްސިން އިންސާނުން ބޭނުންކުރުމަށް ޗައިނާގެ ކަމާ ގުޅޭ އިދާރާތަކުން ހުއްދަ ދިނީ މިދިޔަ ސެޕްޓެމްބަރުގައެވެ.

Advertisement
Allied Insurance — Square (box)

މި ވެކްސިން އުފެެއްދީ ޗައިނާގައި ބޭސް އުފެއްދުމަށް މަޝްހޫރު ކޭންސިނޯ ބަޔޯލޮޖިކްސް އިންނެވެ.

މި ވެކްސީން ތައްޔާރުކޮށްފައިވަނީ އަނގަ އަށް ވެކްސިން ޑޯޒް ދީގެން ނޭވާލާ ނިޒާމަށް ވެކްސިންގެ އަސަރު ކުރާ ގޮތަށެވެ.

ސިއްހީ ބައެއް މާހިރުން ގަބޫލުކުރައްވާ ގޮތުގައި ޗައިނާ އިން އުފެއްދި މިވެކްސިނަކީ ސިއްހީ މާބޮޑެތި ފައިދާތަކެއް އެކުލެވޭ ވެކްސިނެއް ކަމަކަށް ޓެސްޓްތަކުން ނުދައްކައެވެ.

ޗައިނާގެ އިސް އެޕިޑެމިއޯލޮޖިސްޓު ޒޮން ނޭންޝާން ވިދާޅުވި ގޮތުގައި އެ ގައުމުގެ ދޮށީ އުމުރުގެ މީހުން ކޮވިޑް ވެކްސިން ޖެހުމަށް ޖެހިލުންވާ ކަމަށެވެ. އެގޮތަށް ދިމާވީ ވެކްސިނާ ގުޅޭގޮތުން ބައެއް މީހުން ފެތުރި ދޮގު މައުލޫމާތުގެ ސަބަބުން ކަމަށްވެސް ޒޮން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް