ޚަބަރު

ކެޕިޓަލް މާކެޓް ޑިވޮލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯކަމަށް މުހައްމަދު އަހުމަދު އައްޔަނުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކެޕިޓަލް މާކެޓް ޑިވޮލޮޕްމަންޓް އޮތޯރިޓީ(ސީއެމްޑީ)ގެ ސީއީއޯކަމަށް މުހައްމަދު އަހުމަދު އައްޔަނުކޮށްފި އެވެ.

އަހުމަދު އެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށް ސީއެމްޑީއިން ވަނީ ސޯޝަލް މީޑިއާއި މަރުހަބާ ކިޔައި ޕޯސްޓެއްވެސް ކޮށްފަ އެވެ.

މުހައްމަދު އަހުމަދުއަކީ މާލީ ދާއިރާގައި ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.

އެގޮތުން އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސް، ފިނޭންސް މިނިސްޓްރީ އަދި ސޮލަރެލް އިންޝުއަރެންސްގައި މަސައްކަތް ކުރައްވައިފަ އެވެ.

އޭނާ ވަނީ ބިޒްނަސްއިން އިނގިރޭސިވިލާތުގެ ދުރްހަމް ޔުނިވާސިޓީން މާސްޓާސް ޑިގްރީވެސް ހާސިލުކުރައްވައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!