މޭޔަރު ޝިފާ ކޮރަޕްޝަނުގެ މައްސަލަ ހިންގާނެ ކަމަކަށް އެއްވެސް މީހަކު ގަބޫލު ނުކުރާނެ: އީވާ
މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކޮރަޕްޝަނުގެ އަމަލެއް ހިންގަފާނެ ކަމަށް އެއްވެސް މީހެއް ގަބޫލު ނުކުރާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ލޮނު ޒިޔާރަތްކޮޅުގައި ހެދި ޕާކުގެ މައްސަލައިގައި ކުރާ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލައިގައި އޭސީސީން އެ މައްސަލަ ޕީޖީ އަށް ފޮނުވާފާއިވާއިރު، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އީވާ ވަނީ ޝިފާ ދިފާއު ކުރައްވާ ވާހަކަ ދައްކަވާފައެވެ.
އީވާ ވިދާޅުވީ މި ދައްކަނީ ޝިފާގެ އެކައުންޓަށް ފައިސާތަކެއް ވަތް ވާހަކަ ނޫން ކަމަށާއި އެއްވެސް މީހަކު އެފަދަ ތުހުމަތެއް ނުކުރާ ކަމަށާއި ނުވެސް ކުރާނެ ކަމަށެވެ.
""ދައުލަތަށް އެހީއެއްގެ ގޮތުގައި ބަޔަކު ސިޓީ ކައުންސިލަށް އެއްޗެއް ހަވާލުކޮށް. ސިޓީ ކައުންސިލުން އެ ދިން އެއްޗެއް އަވަސް ކޮށްގެން ބޭނުންކޮށްގެން ހަމަ ދައުލަތަށް އޭތި ހަދިޔާކޮށް. މި ދައްކަނީކީ އެއް މޭޔަރު ޝިފާގެ އެކައުންޓަކަށް އޮޅިގެނެއް ވެސް ފައިސާ ވަތް ވާހަކައެއް ނޫން." އީވާ ވިދާޅުވިއެވެ.
އީވާ ވަނީ މި މައްސަލައިގައި އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އީވާ ވިދާޅުވީ އެއް އެކައުންޓުން އަނެއް އެކައުންޓަށް މިލިއަނުން ކޮށްލާ ޖަރީމާތައް އޭސީސީއަށް ބަލަން ނޭނގޭ ކަމަށެވެ. އަދި ދައުލަތުގެ ކަމެއްގައި ފައިސާ ބޭނުންކުރީމާ އޭސީސީއަށް އަވަހަށް އެމައްސަލަ ނަގައިގެން ބެލޭ ކަމަށް އީވާ ވިދާޅުވި އެވެ.
ހުސް ވަަގުން
އެހެންވެތާ މާރުކޭޓު ގޮޅިތައް ވަގަށް ނެގީ.