ޚަބަރު

ތިނަދޫ ސިނާއީ ސަރަހައްދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ޑރ. ޢަބްދުއްސަމަދު މެރޯރިއަލް ހޮސްޕިޓަލް

ގދ. ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި، މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާގެ މައުލޫމާތު 2026 ސެޕްޓެންބަރު 1ވަނަ ދުވަހުގެ ފަތިހު 4:11 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ޑރ. ޢަބްދުއްސަމަދު މެރޯރިއަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންނަށް މައުލޫމާތުދެއެވެ. ނިޔާވެފައި ވަނީ 27 އަހަރުގެ، ބަންގްލަދޭޝް ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!