Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ޒުވާނުންގެ ގޮނޑިއަށް 7 މަންދޫބަކު ހޮވައިފި

ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ޒުވާނުންގެ ގޮނޑިއަށް 7 މަންދޫބަކު ހޮވައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ މަޖިލީހުގައި ޒުވާނުންނަށް ޚާއްޞަކޮށްފައިވާ ހަތް ގޮނޑިއަށް މިއަދު ބޭފުޅުން ހޮވައިފިއެވެ.

ޖުމްލަ ބާރަ ކެންޑިޑޭޓުން ވާދަކުރި މި އިންތިޚާބުގައި، އެންމެ ގިނަ ތާއީދު ހޯދައިގެން ކުރީގައި އުޅެނީ ސިމާން ހާދީއެވެ. މީގެ އިތުރުން 857 ވޯޓާ އެކު އިބްރާހީމް އަދްޔާން ނިމާލް ވެސް ވަނީ މެންބަރުންގެ މަޖިލީހުން ޖާގަ ކަށަވަރުކުރައްވާފައެވެ.

މިއަދު ކުރިއަށްދާ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ޒުވާނުންގެ ގޮނޑިތަކުގެ އިތުރުން މުހިންމު އެހެން މަޤާމުތަކަކަށް ވެސް ވަނީ ބޭފުޅުން އިންތިޚާބުކޮށްފައެވެ. އޭގެ ތެރޭގައި ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް ހަ ބޭފުޅަކު އައްޔަންކުރުމާއި، އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދިހަ ގޮނޑިއަށް މެންބަރުން ހޮވުން ހިމެނެއެވެ.

Advertisement
Allied Insurance — Square (box)

މެންބަރުންގެ މަޖިލީހުގެ އާންމު 18 ގޮނޑިއަކަށް ހަތްދިހައަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންނާއި ޒުވާނުންގެ ގޮފިތަކުގެ އެކިއެކި މަޤާމުތަކަށް ބޭފުޅުން ހޮވުމުގެ ވޯޓުލުން ވެސް މިއަދުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް