ޚަބަރު

ކޮވިޑް-19: ފުވައްމުލަކުން މީހަކު ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފުވައްމުލަކު ސިޓީން ކޮވިޑް-19 އަށް މީހަކު ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ފުވައްމުލަކު ހޮސްޕިޓަލުން މިކަން ހާމަ ކުރަމުން ބުނެފައި ވަނީ ފައްސި ވެފައި ވަނީ ކަރަންޓީނުގައި ހުރި މީހެއް ކަމަށާއި، އޭނާ ކޮވިޑަށް ފައްސިކަން އެނގުނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރުމަށްފަހު ކޮވިޑަށް ޓެސްޓު ކުރުމަށް އިއްޔެ ނެގުނު ސާމްޕަލުން ކަމަށެވެ.

އެހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ މިވަގުތަކީ ރައްޔިތުން ކަންބޮޑު ނުވެ ކޮވިޑް-19 ބަލިން ރައްކާތެރިވުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

"ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމާއި ބޭރުގައި އުޅޭ ވަގުތު މާސްކް އެޅުން އަދި ގައިދުރުކަން ބޭއްވުން ވަރަށް މުހިއްމު. އަދި ހަމަ މިއާއެކު ހޯމް ކަރަންޓީންގައި ތިއްބެވި ބޭފުޅުން ކަރަންޓީންގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަކީ މިފަދަ ވަގުތެއްގައި ވަރަށް މުހިއްމު ކަމެއް" ފުވައްމުލަކު ސިޓީ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުން ކުރިއަށްވުރެ މިހާރު މަދުކަމަށް ފާހަގަ ވެއެވެ. ރާއްޖެއިން މިބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11،113 އަށް އަރާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!