Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަންހެނަކު މަރުވި އެކްސިޑެންޓްގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަންހެނަކު މަރުވި އެކްސިޑެންޓްގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މިދިޔަ މަހުގެ 21ވަނަ ދުވަހުގެ ރޭ ދަންވަރު ސޯސަންމަގުގައި ދެ ސައިކަލެއް މުޑިއަރައި ހިނގި ނުރައްކާތެރި އެކްސިޑެންޓްއާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެ ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު 26 އަހަރުގެ އަންހެން މީހާ އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ މަހުގެ 25ވަނަ ދުވަހު ވަނީ ނިޔާވެފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ސެޕްޓެމްބަރު 22ވަނަ ދުވަހު ފުލުހުން ވަނީ 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް 15 ދުވަހަށް އޮތީ ބަންދު ޖަހައިފައެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން މިއަދު މީޑީއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތް މީހެކެވެ.

ޖުމްލަ ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނު މި ނުރައްކާތެރި ހާދިސާގައި، ނިޔާވި އަންހެން މީހާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ބޭރުވެފައިވާކަން ފާހަގަކުރެވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް