ޑޮލަރު މާރުކޮށްދޭނެ ކަމަށް ބުނެ މިލިއަނެއްހާ ރުފިޔާ އަތުލި މީހަކު ހައްޔަރުކޮށްފި
ޑޮލަރު މާރުކޮށްދޭނެ ކަމަށް ބުނެ މިލިއަނެއްހާ ރުފިޔާ އަތުލި މީހަކު ހައްުޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެެ މައްސަލައިގައި ހައްޔަރުކުރީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރާޝިދު (39އ.)އެވެ.
ބަންދު އަމުރުގައި ބުނެފައިވާގޮތުން ޑޮލަރު ހޯދަދޭނެކަމަށް ބުނެ މިލިއަނެއްހާ ރުފިޔާ ހޯދުމަށް ފަހު ފައިސާ ދީފައިނުވާތީ އެކަމާ ގުޅިގެން ރާޝިދުއަށް ވެސް އެކި ވަރުގެ އަނިޔާކޮށް ފުރާނައަށް ވެސް ނުރައްކާވާވަރުކޮށްފައި ވެއެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. ރާޝިދު ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނީ އެ މައްސަލައާ އޭނާއާ ގުޅުމެއް ނެތް ކަަމަށެވެ.
ޑޮލަރު ދޭނެކަމަށް ބުނެ ފައިސާ ނަގައި ސްކޭމްކުރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
