ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ ހޯދަން ފުލުހުން އަނެއްކާވެސް އިއުލާންކޮށްފި
ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ލޫޒަން، ސ. ހިތަދޫ، އާލާ އިބްރާހިމް ރަޝީދު ހޯދަން ފުލުހުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ އާލާ ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ އާދިއްތަ ދުވަހު އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
އެހެންވެ އާލާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅައި ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
އާލާއަށް ކުރަނީ ސީދާ ކޮން ތުހުމަތުތަކެއްކަމެއް ވެސް ސާފެއްނުވެއެވެ.
ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ ޖުލައި މަހު ވެސް އާލާ ހޯދަން ފުލުހުން އިއުލާންކުރިއެވެ.
އާލާއަކީ މީގެ 10ވަރަކަށް އަހަރުކުރިން ރާއްޖެ ޓީވީގައި މަސައްކަތްކުރި އިރު ލިޔުނު ހަބަރަކާ ގުޅިގެން އަބުރު ރައްކާތެރިރުމާ ހިޔާލުފާޅުކުރުމުގެ މިނިވަން ކަަމުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރި ނޫސްވެރިއެކެވެ.
