އިސްދޫގައި އެގްރޯފޮރެސްޓްރީ ދަނޑެއް ގާއިމުކުރަން ސޮއިކޮށްފި
ލ. އިސްދޫގައި އެގްރޯފޮރެސްޓްރީ ދަނޑެއް ގާއިމުކުރަން ސޮއިކޮށްފިއެވެ.
ލ. އިސްދޫ ކައުންސިލް އާއި މިނިސްޓްރީ އާއި ދެމެދު އެކަމާ ގުޅޭ އިގުރާރުގައި ވަނީ ސޮއިވެސްކޮށްފައެވެ.
މިއީ ސަރުކާރުގެ "5މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ކަނޑައެޅިފައިވާ 10ރަށެއްގައި އެގްރޮފޮރެސްޓްރީގެ ދަނޑުތަކެއް ގާއިމުކުރުމަށް ހިންގޭ މަޝްރޫއުގެ ތެރެއިން މަޝްރޫއުއެކެވެ.
އެގްރޯފޮރެސްޓްރީ މަޝްރޫއުގެ ދަށުން އެ ދަނޑުތަކުގައި މައިގަނޑު ގޮތެއްގައި ހައްދާނީ ރާއްޖޭގެ ތިމާވެށްޓާ ގުޅޭ ދިގު މުއްދަތުގެ ގަސްގަހާގެއްސާއި، ކުރު މުއްދަތުން ފައިދާ ލިބޭނޭ ކާބޯތަކެއްޗެވެ.
ފިޝަރީޒް މިނިސްޓްރީން ކުރިން ބުނެފައިވާގޮތުން އެ ޕްރޮގްރާމެގެ ދަށުން ގާއިމް ކުރާ ދަނޑު ތަކަކީ ތިމާވެއްޓާއި ރައްޓެހިކޮށް ފަރުމާ ކުރެވިފައިވާ، ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރެވިގެންދާ ނަމޫނާ ދަނޑުތަކަކަށްވާނެއެވެ.
ދަނޑުވެރިކަން ޒަމާނީ ފެންވަރަށް ކުރިއަރުވާ، ތިމާވެއްޓައި ރައްޓެހި، ދެމެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ މި ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން ދިވެހިރައްޖޭގައި ހައްދާ ބާވާތްތައް އިތުރުކޮށް ރައްކާތެރިގޮތެއްގައި މޭވާ އަދި ތަރުކާރީ އުފައްދާ ދިވެހިރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް އެތަކެއް މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރެވެމުންނެވެ.
