ޚަބަރު

10 މީހަކު، ފަސް މިލިއަން ގަސް ޕްރޮގްރާމުގެ ފަންނީ ތަމްރީން ހޯދަން ޗައިނާއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

10 މީހަކު، ފަސް މިލިއަން ގަސް ޕްރޮގްރާމުގެ ފަންނީ ތަމްރީން ހޯދަން ޗައިނާއަށް ފުރައިފިއެވެ.

ޗައިނާއަށް ފުރި މީހުންގެ ތެރޭގައި ޒުވާން ދަނޑުވެރިޔާގެ ނަމުން މަޝްހޫރު، އައްޑޫއަށް ނިސްބަތްވާ އަބްދުﷲ ރަމްޒީ ވެސް ހިމެނެއެވެ. ރަމްޒީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ކޮފީ ބީން ގަހެއް ހެއްދުމުގެ ޝަރަފު ވެސް ހޯދި ދަނޑުވެރިޔާއެވެ.

އެ މީހުން ތަމްރީންތައް ހޯދާނީ ޗައިނާގެ ފޫޖިއާންގައި މިމަހުގެ 27ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 'ނާސަރީ މެނޭޖްމަންޓް ޕްރޮގްރާމް'އެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގައި ގާއިމުކުރެވޭ 20 ނާސަރީގެ މަސައްކަތްތައް ހަރުދަނާކޮށް، އެ ނާސަރީތަކަށް ބޭނުންވާ ފަންނީ ތަމްރީނު ހޯދުމެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ގަސް އުފައްދާނެ ނާސަރީތައް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން، މި ނާސަރީތައް ހިންގާނެ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި ފަންނީ ގާބިލްކަން އިތުރުކުރުމަށް، ޚާއްސަކޮށް މި ޕްރޮގްރާމް ފަރުމާކުރެވިފައި ވަނީ، ޗައިނާގެ ފޫޖިއާންގައި މިފަދަ މަސައްކަތްތަކުގައި ހޯދާފައިވާ ތަޖުރިބާގެ އަލީގައެވެ.

Ads by HDC