ލައިފްސްޓައިލް

މާ ގިނައިން ޗޮކްލެޓް ކެވުނަސް ދެރަވާނެ ކަމެއް ނެތް! ސަބަބު މިއޮތީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަބަދުވެސް އަޑު އިވޭ ވާހަކަ އަކީ ކޮންމެވެސް މޭވާއެއް ނުވަތަ ތަރުކާރީ އެއް ކައިގެން ސިއްހަތަށް ފައިދާ ވާ ވާހަކައެވެ. އެއެއްޗެއްގެ ސަބަބުން އެތައް ބަލިތަކަކުން ރައްކާތެރި ކޮށްދޭ ވާހަކައެވެ. އަބަދުވެސް ރިޕޯޓްތަކުން ފެންނަނީ އައު އެއްޗެހި ކައިގެން ލިބޭ ފައިދާ ތަކެވެ. އެގޮތުން، ޗޮކްލެޓުން ވެސް ހަށިގަނޑަށް ވަރަށް ފައިދާ ކުރާ ކަން ފަހުގެ ދިރާސާތަކުން މިވަނީ ދައްކާފައެވެ. މޮޅެތި ސިއްހީ މާހިރުން ވެސް މިކަމާ އެއްބަސް ވެލައްވައެވެ.

Ads by MWSC

މިހާރު ޗޮކްލެޓް މާ ގިނައިން ކެވިގެން އެކަމާ ދެރަވެގެން އުޅޭކަށެއް ނުޖެހޭނެއެވެ. ސަބަބު މިއުޅެނީ ކިޔައިދޭށެވެ.

1- ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓް އެކުލެވިގެންވޭ

ޗޮކްލެޓަކީ އޭގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓް އެކުލެވިގެންވާ އެއްޗެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރި ކޮށްދެއެވެ.

2- ކޮލޮސްޓްރޯލް ދަށް ކޮށްދޭ

އަބަދުވެސް މީހުން ކިޔާ އަޑު އިވެނީ ޗޮކްލެޓަކީ ގިނަ އަދަދަކަށް ކޮލޮސްޓްރޯލް އެކުލެވިގެންވާ އެއްޗެކޭ އެވެ. ނަމަވެސް ސައިންޓިސްޓުންތަކެއް ވަރަށް ފަހަކުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ޑާރކް ޗޮކްލެޓް ކެއުމަކީ އެލްޑީއެލް ކޮލޮސްޓްރޯލް ދަށް ކޮށްދޭ ކަމެކެވެ. އެހެންކަމުން ކޮލޮސްޓްރޯލް މަތި ވެދާނެތީ ޗޮކްލޮޓް ނުކައި ހުންނާނެކަމެއް ނެތެވެ.

3- ބްލަޑް ޕްރެޝަރ ދަށް ކޮށްދޭ

އެމެރިކަން މެޑިކަލް އެސޯސިއޭޝަނުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން ޑާރކް ޗޮކްލެޓް ކެއުމުން ބްލަޑް ޕްރެޝަރ ދަށް ކޮށްދެއެވެ. އެހެންކަމުން، ލޭ މަައްޗަށް ދާ މީހުންނަށް ވެސް ޗޮކްލެޓަކީ ވަރަށް ސަޅި އެއްޗެއްކަން ޔަގީނެވެ.

4- މޫޑް ރަނގަޅު ކޮށްދޭ

ޗޮކްލެޓްގައި ހިމެނޭ މާއްދާއެއް ކަމަށްވާ ޓްރިޕްޓޯފަންގެ ސަބަބުން ޑިޕްރެޝަން ހުންނަ މީހުންނަށް ފަރުވާ ލިއްބައިދެއެވެ. އަދި އެ މާއްދާތަކުގެ ސަބަބުން ޗޮކްލެޓް ކެއުމުން، ހިތްހަމަޖެހުން ލިއްބައިދެއެވެ. އަދި ހަމަ އެހެންމެ މޫޑް ރަނގަޅު ކޮށްދިނުމުގައި ވެސް އެހީތެެރިވެދެއެވެ. އެހެންކަމުން ޗޮކްލެޓަކީ ދެރަވުުމުންވެސް ކާން ވަރަށް ރަނގަޅު އެއްޗެކެވެ.

5- ޗޮކްލެޓަކީ ރަހަ މީރު އެއްޗެއް

ޗޮކްލެޓަކީ ގިނަ ބަޔަކަށް ކަމުދާ އެއްޗެކެވެ. ގިނަ ބަޔަކަށް ކަމުދާ ކާނާއެކެވެ. މީރު އެއްޗެހި ކެއުމަކީ ސިއްހަތަށް ވަރަށް ފައިދާވާ ކަމެއްގެ ގޮތުގައިވެސް، ސައިންޓިސްޓުން ފާހަގަ ކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!