Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

މި ނިކަމެތި ހާލުން ސަލާމަތް ކޮށްދެވޭނީ ރައީސް ޔާމީނަށް: ޣައްސާން

މި ނިކަމެތި ހާލުން ސަލާމަތް ކޮށްދެވޭނީ ރައީސް ޔާމީނަށް: ޣައްސާން
މި ޤައުމު މިއަދު ވެއްޓިފައިވާ ނިކަމެތި ހާލަތުން ސަލާމަތްކޮށްދެވޭނީ ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. އަންނަ ހުކުރު ދުވަހުގެ ހަވީރު، ޕީޕީއެމްގެ އޮފީސް ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ "ބުންވަރު" ހިނގާލުމަށް ދަޢުވަތު އަރުވައި ކުރެއްވި ޓްވީޓެއްގައި ޣައްސާން ވިދާޅުވެފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމުގެ ހިތްވަރު، ޕީޕީއެމްގެ ކިބައިގައި އެބަހުރި ކަމަށެވެ.
"ރައީސް ޔާމީން މިނިވަންކޮށް، ވެރިކަަމަށް އިންތިޚާބު ކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު އެންމެހާ ރައްޔިތުންނަށް އަރުވަން." ޣައްސާންގެ ޓްވީޓުގައި ލިޔުއްވައިފައިވެއެވެ.
ރަައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުުކުމެއް އިއްވައިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ. ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން އިއްޔެ ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވީ، ރައީސް ޔާމީންނަށް އަންނަ ރިޔާސީ އިންތިޚާބުގައި ކުރިމަތިލެވޭނެތޯ މިއީ ވަރަށް ގިނަ މީހުން ކުރާ ސުވާލެއް ކަމަށެވެ. އިސްތިއުނާފް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް ފާޅުކުރަމުންދާ ކަމަށާއި، ނަމަވެސް އިސްތިއުނާފީ މަރުހަލާއަކީ މާ ދިގުދެމިގެންދާ މަރުހަލާއެއް ނޫންކަމުން، މިއަހަރުގެ މާޗު މަސްތެރޭ އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެ ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވިއެވެ.    

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް