ދުނިޔެ

މި އަސަރުގަދަ ފޮޓޯގެ ފަހަތުގައިވާ ހިތްދަތި ހަގީގަތް އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

މިއީ ޓްވިޓަރއިން ފެނިފައިވާ ފޮޓޯއަކަށް ވެދާނެއެވެ. ނަމަވެސް ވަގުތު ކޮޅެއް ހުސްކޮށްލައިގެން މި ފޮޓޯގެ ފަހަތުގައިވާ ހިތްދަތި ހަގީގަތް ކިޔާލިން ހެއްޔެވެ؟

Ads by Sosun Fihaara

މިއީ އަޔަރލެންޑްގެ ޑަބްލިންގައި ދިރިއުޅޭ މައިކަލްގެ އާއިލާގެ 3 ދަރިފަސްކޮޅެވެ.
މައިކަލްގެ އަންހެނުން ވިހަން ބަނޑުގައި ރިއްސަން ފެށީ، ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެންފެށި ދުވަސްވަރުގެ ތެރެއިން މަރޗް 13 ގައެވެ. މަރޗް 14 ގައި މައިކަލްގެ އަންހެނުން ފިރިހެން ކުއްޖަކު ވިހެއެވެ. ވިހައިގެން ގެއަށް ބަދަލު ކުރުމަށްފަހު، އެ ހިސާބުގެ ނަރުހުން ވަނީ ގެއަށް އެއްވެސް މީހަކަށް ދަޢުވަތު ނުދިނުމަށް ހަރުކަށި ނަސޭހަތް ދީފައެވެ. އަދި އެއްވެސް ގޮތަކަށް ދަރިފުޅު ބޭރަށް ނެރުން ވަނީ މަނާކޮށްފައެވެ.

ސަރުކާރުގެ ފަރާތުން އިޖުތިމާއީ ގައިދުރުކަން ހިފެހެއްޓުމަށް ނެރެފައިވާ އަމުރުތަކާއި އެކުވެސް، އަލަތު ކާފަދަރިފުޅު ދެކެލުމަށް ކެތްމަދު ވެފައިވާ، މައިކަލްގެ ބައްޕަ އެގެ ކައިރިއަށް ދިޔައެވެ.

މައިކަލްގެ ބައްޕަ ދިރިއުޅެނީ އެގެއާ ވަރަށް ކައިރީގައެވެ. އެހިސާބަށް ދިޔަ ނަމަވެސް މައިކަލްގެ ގެއަށް ނުވަދެވޭނެކަން އެނގި ހުރެމެ، ކާފަ ދަރިފުޅު ދެކެލުމުގެ ޝައުގުވެރިކަން އޮތްލެއް ބޮޑުކަމުން ދެވުނީއެވެ. މައިކަލްގެ ބައްޕައަށް ކާފަ ދަރިފުޅު ދައްކާލަން ޖެހުނީ ކުޑަދޮރުގެ ބިއްލޫރި ގަނޑުންނެވެ. އިޖުތިމާއި ގައިދުރު ކަމާއި އެކު ކާފައަކު އަލަތު ކާފަދަރިފުޅާ، ފުރަތަމަ ފަހަރަށް ބައްދަލު ވުމުގެ އުފަލާއި، އުރާލަން ނުލިބުމުގެ ހިތްދަތިކަން ކިތަންމެ ރަނގަޅަކަށް ވެސް މޫނުމަތިން ފެންނަން އެބަ ހުއްޓެވެ.

މައިކަލްގެ ބައްޕައަކީ ކެމެރާއާ ރައްޓެހިމީހަކަށް ނުވި ނަމަވެސް މި ޚާއްސަ ވަގުތުގެ ފޮޓޯއެއް ނެގުމުގެ ފުރުސަތު މައިކަލްގެ އަންހެނުންނަށް ލިބުނެވެ.
މައިކަލް މި ފޮޓޯ އޭނާގެ އެއްބަނޑު ކޮއްކޮއަށް ފޮނުވުމުން ސޯޝަލް މީޑިޔާގައި މި ފޮޓޯ އާންމުކުރީ މައިކަލްގެ ކޮއްކޮއެވެ. 24 ގަޑިއރުގެ ތެރޭގައި 65 ހާސްމީހުން މިފޮޓޯ ރިޓްވީޓް ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!