ޚަބަރު ވިޔަފާރި

ކުކުޅު ފިހާރަ: އަހަރު ނިންމާ ޕްރޮމޯޝަނުގައި ބައިވެރިވެއްޖައިންތަ؟

އަލީ ޝިފާޒް ، ދެން އޮންލައިން
ކުކުޅު ފިހާރަ ހުޅުމާލެ

ކުކުޅު ފިހާރައިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ "އިޔާ އެންޑް ޕްރޮމޯޝަން" ސިލްސިލާގެ މި އަހަރުގެ ޕްރޮމޯޝަން ފަށައިފި އެވެ.

Ads by Sosun Fihaara

ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ އެ ފިހާރައިން އަންނަނީ އަބަދުވެސް ކަސްޓަމަރުންނަށް އަމާޒުކޮށް، ތަފާތު އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.

"ވިިހިވިހި ނިންމާ ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހުގެ ގެ ނިޔަލަށް"

ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކުކުޅު ފިހާރައިގެ ޕޭޖާގައި "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާ ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތް ހޮވާނީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ދުވަހު ކަމަށާއި ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިޔާ، ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައި އިއުލާން ކުރާނެ ކަމަށްވެސް ކުކުޅު ފިހާރައިން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަންގެ އިނާމަކަށް ގަސް އިންދުމަށް ބޭނުންވާ ސާމާނުގެ "ގިފްޓް ޕެކެއް" ލިބޭނެ އެވެ.

ކުކުޅު ފިހާރައަކީ ގިނަ އަދަދެއްގެ ފިނި ކުރި ސާމާނު އެންމެ އަގު ހެޔޮކޮށް ވިއްކަމުން އަންނަ ފިހާރަ އެވެ. އެ ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ މީހުންނަށް ކުކުޅު ހިލޭ ކޮށައި ދިނުމާއި ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެެވެ.

ކުކުޅު ފިހާރައިން ނިމުނު މަހު ވަނީ ގަސް އިންދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަން ފަށައިފައެވެ. މިކަމާއި ގުޅޭ ގޮތުން ކުކުޅު ފިހާރައިން ބުނީ ، މިކަމަކީ ކުކުޅު ފިހާރައިގެ އީމޯލްއިން އެ އިރެއްގައި އެންމެ ޑިމާންޑް ބޮޑު އެއްޗެއް ލިބުމުގެ މަގު ފަހި ކޮށްދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ. 

"ކުކުޅު ފިހާރަ"އިގެ ހަ ތަނެއް ހުރެ އެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެ. ކުކުޅު ފިހާރަ 3 ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގަ އެވެ. 4 ވަނަ ފިހާރަ އއ. ތޮއްޑޫގައި ހުންނައިރު 5 ވަނަ ފިހާރަ ހުންނަނީ އައްޑޫ ސިޓީ ހިތަދޫ ގައެވެ. މީގެއިތުރުން "ކުކުޅު ފިހާރަ"އިގެ ހަ ވަނަ ފިހާރަ ހުންނާނީ ރ. މަޑުއްވަރީ ގައެވެ.  

ޑެލިވަރީ ކުރަން ހުޅުމާލެ އިން ނަމަ 9666575 އަށް، މާލެއިން 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!