ޚަބަރު

އުސޫލުތަކާ ޚިލާފަށް ރިސޯޓުތަކުން ޢަމަލު ކުރާނަމަ ފިޔަވަޅު އަަޅަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފަރުރުވެރިކަމުގެ ޚިދުމަތްދޭ ފެސިލިޓީތަކުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް އަމަލު ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އެ މިނިސްޓްރީ އިން ބުނެފިއެވެ.

Ads by STELCO

މިކަމާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ އެޗްޕީއޭ އާއި އެ މިނިސްޓްރީން އުސޫލުތައް ކަނޑައަޅާފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށާއި، ފަތުރުވެރިންނާއި، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އާންމުން މި އުސޫލުތަކަށް ތަބާވުން މުހިއްމު ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް އަމަލު ކުރާނަމަ، އެމިނިސްޓްރީ އިން އެއްވެސް އެންގުމަކާ ނުލާ އެ ޓޫރިސްޓް ފެސިލިޓީއެއް ހިންގުމުގެ ހުއްދަ އުވާލަން ޖެހިދާނެ ކަމަށާއި، އޭގެ ސަބަބުން ފެސިލިޓީތައް ހިންގާ ފަރާތްތަކަށް ދިމާވާ ގެއްލުންތަކަށް ޒިންމާ ނުނަގާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!