Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ސިޔާސީ މަންފާއަށް ހަރުކަށި ފިކުރަށް ހިތްވަރުދީ މުސްލިމުން ކާފަރުކުރަމުން ދިޔުމަކީ ނުރައްކަލެއް: ޝެއިޚް އިލްޔާސް

ސިޔާސީ މަންފާއަށް ހަރުކަށި ފިކުރަށް ހިތްވަރުދީ މުސްލިމުން ކާފަރުކުރަމުން ދިޔުމަކީ ނުރައްކަލެއް: ޝެއިޚް އިލްޔާސް
ސިޔާސީ މަންފާއަށް ހަރުކަށި ފިކުރައް ހިތްވަރުދީ މުސްލިމުން ކާފަރުކުރަމުން ދިއުމަކީ ނުރައްކަލެއް ކަމަށް ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ފަހަކަށް އައިސް އަދާލަތު ޕާޓީ އާ ސަރުކާރާ ދެކޮޅަށް ހަރުކަށި ފިކުރުގެ ވިސްނުން ހުންނަ ނުވަތަ "ތަކްފީރީ" ވިސްނުންތަކުގެ ފަރުދުން ކުރިއަށް ނެރޭކަމަށެވެ. އަދި ސިޔާސީ މަންފާއަށް ހަރުކަށި ފިކުރަށް ހިތްވަރު ދީ މުސްލިމުން ކާފަރުކުރަމުން ދިއުމަކީ ޤައުމަށް އޮތް ނުރައްކަލެއްކަމަށާއި މިފަދަ ކަންކަން ހުއްޓައިލުމަށް އިލްޔާސްވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރައްވައިފައެވެ. https://twitter.com/shkilyas/status/1681553402755682304?s=46&t=L_0C3CObYAbb3HCn7K61VA އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރާއްޖޭގައި ދީނީގޮތުން ހަރުކަށި މީހުން ނޫޅޭ ކަމަށް ކުރީގެ ސަރުކާރުތަކުން ބުނެފައިވާކަމަށާއި، އެއީ ރާއްޖޭގައި އޮތް ކަމެއްކަން މި ސަރުކާރުން ޤަބޫލުކުރާކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމް ދީނުގެ ޞައްޙަ އަޤީދާ އަންގައިދިނުމުގެ މަސައްކަތް އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވިކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް