Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ޑރ. މުނައްވަރު ނިންމައިފި

ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ޑރ. މުނައްވަރު ނިންމައިފި

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ ކެނޑިޑެސީ ކުރިއަށް ނުގެންދިއުމަށް ނިންމައިފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް މުނައްވަރު އިޢުލާނުކޮށްފައިވަނީ މާޗް މަހުގެ ތެރޭގައެވެ. މުނައްވަރު ވިދާޅުވީ ދައުލަތުގެ ދަރަނި ބޮޑުވެފައިވާއިރު، ހަރަދު ކުޑަކުރުމުގެ ބަދަލުގައި މިހާރު ވެސް ފެންނަމުންދަނީ "އިންތިހާބީ ބޭނުމަށް އިތުރަށް ގޯސްވަމުންދާ ތަން" ކަމަށެވެ.

އަދި ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށާއި، "މި ނުކުންނަނީ ދިވެހި ރައްޔިތުންނާއެކު ކޯލިޝަން ހަދަން" ކަމަށް ޑރ. މުނައްވަރު އޭރު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/MMunavvar/status/1688424094759530497

މި ޓްވީޓުގައި މުނައްވަރު ވަނީ އެބޭފުޅާއަށް ތާއީދުކޮށް، ހިތްވަރު ދެއްވައި އަދި ސޮއި ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާކުރައްވައިފައެވެ.

އަދި މި މަސައްކަތުގައި ބައިވެރިވެ ތައްޔާރީގެ މަސައްކަތްކުރުމުގައި އުޅުއްވި ބޭފުޅުންނަށް ޝުކުރުއަދާކުރައްވައިފައެވެ.

މުނައްވަރު ވަނީ ރާއްޖޭގެ ބަންޑާރަ ނައިބުކަމުގެ މަގާމު 10 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ފުރުއްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް