މަސްވެރިއެއްގެ ނޭވާ ހޮޅިން ދިރިދިރި އޮތް މަހެއް ނަގައިފި

މިސްރުގެ މަސްވެރިއެއްގެ ނޭވާ ހޮޅީގައި ތާށިވެފައި އޮތް މަހެއް ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.
ބޭރުގެ މީޑިއާތައް ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިސްރުގެ ބަނީސޫފް ސިޓީގައެވެ. މި ހާދިސާގައި މަސްވެރިޔާގެ ނޭވާ ހޮޅީގައި މަސް ތާށިވާން ދިމާވީ އޭނާ މަސް ބާނާ ، އަނގައިން އެ މަސް ހިފަހައްޓާ ، އެހެން މަހެއް ބާނަން އުޅުމުގެ ތެރޭގައެވެ. އެއަށްފަހު އޭނާއަށް ނޭވާ ލާން އުނދަގޫވެ، ފުރާނައަށް ނުރައްކާވި ކަމަށާއި ވަގުތުން ހޮސްޕިޓަލްގެ އިމަޖެންސީއަށް ދިޔުމުން ހޮސްޕިޓަލުން ވަނީ އެކްސްރޭއާއި ސިޓީ ސްކޭން ހެދުމަށް ފަހު ވަގުތުން އޮޕަރޭޝަންކޮށްފައެވެ.
އޮޕަރޭޝަނަށް ފަހު މަސްވެރިޔާގެ ހާލު ރަނގަޅުއިރު ، މަސްވެރިޔާގެ ނޭވާ ހޮޅިން ނެގި މަސް ވެސް މަރު ނުވާ ކަމަށް މީޑިއާތައް ބުނެފައި ވެއެވެ.