ރިޕޯޓް

ޓެލެގްރާމް ގްރޫޕްތަކުން ސީދާ ހަށިވިއްކާ ނާސިގެތަކަށް!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިހަކަށް ދުވަހު އިވުނީ ޓެލެގްރާމްގައި ދިވެހިންގެ ބަރަހަނާ މަންޒަރުތައް އަޅާ ގްރޫޕްތަކެއްގެ ވާހަކައެވެ. އެމީހުންގެ ގްރޫޕްތައް ޓެލެގްރާމުން ރިމޫވްކޮށްލިއިރު، މިއަދު މިވަނީ އެޔަށްވުރެ ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައެވެ. ހާމައަށް އެންމެންނަށް ފެންނަހެން ޒިނޭއަށް މަގުފަހި ކުރުވާ، އަގު ދީގެން ޒިނޭ ކުރަން ފުރުސަތު ހުޅުވާލާ އެކަންކުރަމުންދާ ޓެލެގްރާމް ގުރޫޕެއްގެ ވާހަކައެވެ.

Ads by Sosun Fihaara

މިޓެލެގްރާމް ގްރޫޕުގެ ޚަބަރު، ނަން ހާމަ ނުކުރުމަށް އެދި "ދެން" އަށް ހިއްސާ ކޮށްފައި ވަނީ ކިޔުންތެރިއެކެވެ.

ގިނަ އަދަދެއްގެ ދިވެހިންނާއެކު ހިންގަމުން އަންނަ މިގުރޫޕުގައި މިވަގުތު ވެސް ތިން ހާސް ހަތަރު ސަތޭކައަށް ވުރެ ގިނަ ފޮލޮވާސް އެބަތިއްބެއެވެ. ކުރާ މަސައްކަތަކީ އެ މަސައްކަތް ކުރާ އަންހެން ކުދިން "ޕްރޮމޯޓު" ކޮށްދިނުމެވެ.

މިކަން ހިނގާގޮތް ބަލަން، "ދެން" އިން ކުރި މަސައްކަތުން މިއީ މާލެ، ހުޅުމާލޭގައި އޮޕަރޭޓް ކުރަމުންދާ "ވާޗުއަލް ނާސިގެތަކެއް" ކަން އެނގުނެވެ. މިކަން ހިނގާ ގޮތް ބަލަން "ދެން" ގެ ނޫސްވެރިއަކު އެ ޓެލެގްރާމް ގްރޫޕަށް ޖޮއިންކޮށް މެސެޖު ކުރިއެވެ. ތިރީގައި އެވަނީ ދެން ކަންތައް ހިނގި ގޮތެވެ.

ފުރަތަމަ ކަމަކަށް ފާހަގަ ކުރެވުނުކަމަކީ އެ ގުރޫޕުގެ އެޑްމިން ހުޅުވަނީ ސީކްރެޓް ޗެޓެއް ކަމެވެ. އެއީ ފޮނުވާތާ 30 ސިކުންތުގެ ތެރޭގައި ފޮހެވިގެންދާ ޗެޓެކެވެ.

އޭނާ ބުނި ގޮތުުގައި މިކަން ހިނގާ ގޮތަކީ ފުރަތަމަ ވެސް ޖެހެނީ ލާރި ޖަމާކުރާށެވެ. ލާރި ޖަމާ ކުރަން ދެނީ ބީއެމްއެލް ނަންބަރެކެވެ. ލާރި ޖަމާކުރުމުން އަންހެން ކުއްޖާގެ ނަންބަރު ލިބޭނެ ކަމަށާއި އަންހެން ކުއްޖާއަށް ގުޅުމަށް ފަހު ގުރޫޕު އެޑްމިން ބުނާ ކޯޑެއް އަންހެން ކުއްޖާ ގާތު ބުނުމުން އެކަން ހަމަޖެހިގެން ދެއެވެ. މިއީ ކިހިނެތް ކިހިނެތް ވާކަމެއްތޯ އެހުމުން، މިއީ ހަށިވިއްކުމުގެ "އެންމެ ބޭސިކް ރޫލް" ކަމުގައި ވެސް އެގުރޫޕުން "ދެން" ގެ ނޫސްވެރިޔާ އާ ވާހަކަދެއްކި މީހާ ބުނެފައިވެއެވެ. އަދި މިމީހާ މިމަސައްކަތުގައި 2 އަހަރު އުޅެފައިވާ ކަމަށާއި ތަޖުރިބާގެ ގޮތުން އޭނާއަކީ މިކަމުގައި ރާއްޖޭގެ "ކިންގް" ކަމުގައި ވެސް ބުނެފައިވެއެވެ.

މި ގުރޫޕު މެދުވެރިކޮށް ކުރާ މި ފާހިޝް ޢަމަލު ހިންގުމަށް ފައިސާ ޖަމާކުރަނީ ބޭންކް އެކައުންޓަކަށް ކަމުން، މިކަން ކުރުމުން، ފަޅާ އަރާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް، "ދެން" ގެ ނޫސްވެރިޔާ ގްރޫޕްގެ އެޑްމިންއާ ސުވާލު ކުރުމުން ބުނެފައިވަނީ، "ބަކަރި މައްސަލަނެތީ، އަހަރެން މައްސަލަ ނެތީ. ކަލޭ ކޮންމައްސަލަ؟" މިހެންނެވެ. މިއީ ތަންކޮޅެއް ކުރިން ރާއްޖޭގެ ކޯޓަަކަށް ބިދޭސީއަކު ޖަނަވާރަކާ ޒިނޭކުރި މައްސަލައެއްގެ އަޑު އެހުމުގައި، އެކަން ކުރިތޯ ސުވާލު ކުރުމުން ދިން ޖަވާބެވެ. މީގެ މާނައަކީ، މި ފާހިޝް ޚިދުމަތް ހޯދާ މީހާއާއި ޚިދުމަތް ދޭ މީހާގެ މައްސަލައެއް ނެތްއިރު، ނޫސްވެރިޔާގެ އޮތީ ކޮން މައްސަލައެއް ހެއްޔެވެ.

"ދެން" ގެ ނޫސްވެރިޔާ، އޭނާއަކީ ނޫސްވެރިއެއްކަން ހާމަ ކުރި ހިސާބުން، އެމީހާ ވަނީ ، އެނޫސްވެރިޔާ ބްލޮކް ކޮށްލާފައެވެ.

މީގެ ކުރިން ވެސް މިފަދަ ވައިބާ ގުރޫޕެއްގެ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ވެސް ކޮށްފައިވެއެވެ.

ހަށިވިއްކުމާއި ހަށިވިއްކައިގެން ލިބޭ އާމްދަނީ ބޭނުން ކުރުމަކީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އަދަބު ލިބޭ ފަދަ ކުށެކެވެ. އެގާނޫނުގައި 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި އެއްވެސް މީހަކު ދިވެހިރާއްޖޭގައި ވެސް ނުވަތަ ދިވެހިރާއްޖޭން ބޭރުގައި ވެސް ދިވެއްސަކު ހަށިވިއްކުމާއި އެއްވެސް މީހަކު ދިވެހިރާއްޖޭގައި، ނުވަތަ ދިވެއްސަކު ދިވެހިރާއްޖޭން ބޭރުގައި، މީހަކު ލައްވާ ހަށި ވިއްކުވުމަކީ ނުވަތަ އެކަން ކުރަން އެހީތެރިވެދިނުމަކީ ނުވަތަ އެކަން ކުރުމުގައި ބައިވެރިވުމަކީ، ކުށެކެވެ. އަދި މި ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 7 (ހަތެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ގާނޫނުގައި "ހަށިވިއްކުން" ކަމަށް ބުނެފައި ވަނީ، ފައިސާ ނުވަތަ ފައިސާއިން އަގުކުރެވިދާނެ އެއްޗެއް ނުވަތަ ކަމެއްގެ ބަދަލުގައި ޖިންސީ އަމަލެއް ތިމާ ހިންގުމަށް ތިމާ އަމިއްލައަށް ހުށަހެޅުމުގެ އަމަލަށެވެ. ނުވަތަ އެފަދަ ކަމެއް ކުރުމުގެ އަމަލަށެވެ.

 

 

 

 

  1. ޥޯރާ

    ތިފަދަ ޓެލެގްރާމް ގްރޫޕްތަކުގައި ގިނަވާނީ ފުލުހުން. ދެން ބަކަރި ކޮން މައްސަލަ

  2. ވަގުތު

    މީި އެއްބައެއްް ހިންގާާ ސައިޓްް ތަކެއްް.. ވަގުތުު.. ލޮޖިކްް….