Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ކަސްޓަމްސްގެ މުވައްޒަފުންނަށް ދޭ ފްލެޓްތަކުގެ ލިސްޓް މިއަދު ހަވާލުކޮށްފައިވާނެ: ރައީސް ޞާލިހް

ކަސްޓަމްސްގެ މުވައްޒަފުންނަށް ދޭ ފްލެޓްތަކުގެ ލިސްޓް މިއަދު ހަވާލުކޮށްފައިވާނެ: ރައީސް ޞާލިހް

ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކޮށް ދޭ ފްލެޓްތަކުގެ ލިސްޓް މިއަދު ހަވާލުކޮށްފައިވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ގަލޮޅު ކަންމަތީގައި އެމްޑީޕީން މިހާރު ބާއްވަމުން ގެންދާ ކެމްޕޭން އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކޮށް ދޭ ފްލެޓްތަކުގެ ލިސްޓް މިއަދު ހަވާލުކޮށްފައިވާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ހަމަ އެހެންމެ ވަރަށް އަވަހަށް ޤައުމީ ޔުނިވާސިޓީ އާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ކުރާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ވެސް ނެރޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މާލޭން ދޫކުރި ގޯތިތަކުގައި ގެދޮރު އެޅުމަށް އެހީތެރިވުމުގެ ގޮތުން ހައުސިން ބޭންކެއް ޤާއިމްކޮށް ލުއި ލޯނު ދޫކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓާއި އެމްޕީއެލްގެ ފްލެޓްތަކުގެ ކުލީގެ އަގާއި ޑައުންޕޭމަންޓް ކުޑަކޮށް އެކަންވެސް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވިއެވެ.

މީގެ އިތުރުން ދަފްތަރުގައި ޖެހިފައި ތިބޭތާ 20 އަހަރުވެފައިވާ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް ގޯއްޗާއި ފުލެޓު ދިނުމަށް އިތުރު ހައުސިން މަޝްރޫއެއް އިއުލާން ކުރަން ތައްޔާރުވަމުންދާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް