ޚަބަރު

އެންމެންވެސް މަރުވާނެ، "ޕެންޑެމިކް"ގެ ވާހަކަތަކުން ބޯ ގޮވައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މީގެ ކުރިން ވެސް ކޮވިޑަށް ވަރަށް ފާޑު ވިދާޅުވި ބްރެޒިލްގެ ރައީސް ޖެއާ ބޮންސެރާނޯ އަނެއްކާ ވެސް ކޮވިޑް-19 ގެ ބަލިމަޑުކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި މިއީ އަސްލެއް ނޫން ކަމަށް ބުނެ ވާހަކަ ދައްކަވައިފިއެވެ.

Ads by STELCO

އަންގާރަ ދުވަހު ބޮންސެރާނޯ ދެއްކި ވާހަކައެއްގައި ވިދާޅުވީ މިހާރު ހުރިހާ މީހުންނަށް ވެސް ބަލިމަޑުކަމުގެ ވާހަކަ ނޫނީ ނުދެއްކޭ ކަމަށާއި "ޕެންޑެމިކް" މި ބަސް އަޑު އަހައި ،އަހައި މިހާރު ބޯ ގޮވައިިފިކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެހާ ގިނަ މީހުން މަރުވާތީ ދެރަވާ ކަމަށާއި ނަމަވެސް ހުރިހާ މީހުންނަކީ ވެސް މަރުވާނެ މީހުން ކަމަށެވެ، އަދި އެކަން ހުރިހާ އެންމެންވެސް ގަބޫލު ކުރަން ޖެހޭ ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެތައް ފަހަރެއްގެ މަތިން ކޮވިޑަށް ފާޑު ވިދާޅުވީ ބޮންސެރާނޯ ކޮވިޑަށް ފައްސި ވެސް ވެފައިވެއެވެ.

މީގެ ކުރިން މި ވައިރަހަކީ އާދައިގެ ވައިރަލް ހުމެއް ކަމުގައި އޭނާ ވިދާޅުވުމުން ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔާފައެވެ.

އަދި އޭނާ އަކީ މާސްކު އެޅުމާ ވެސް ވަރަސް ދެކޮޅު ބޭފުޅެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެގޮތުން ކޯޓުން ފަނޑިޔާރަކު އޭނާގެ މައްޗަށް މާސްކު އަޅަން އަމުރު ކުރުމުން ވެސް އޭނާ ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!