Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެމްޑީއޭގެ ނިންމުމަށް ޕީޕީއެމުން މަރުހަބާ ކިޔައިފި

އެމްޑީއޭގެ ނިންމުމަށް ޕީޕީއެމުން މަރުހަބާ ކިޔައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމުމާ ގުޅިގެން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން އެމްއެންޕީން ނިންމެވި ނިންމެވުން އެ ކޯލިޝަންގެ މެމްބަރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.

އަދި އެމްޑީއޭއިން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގ މޭޓަށް ތާއިދު ކުރައްވަން ނިންމަވާފައިވާތީ އެ ކޯލިޝަންގެ ލީޑަރު, ރައީސް ޔާމީން އަބްދުލް ޤައްޔޫމާއި ޑރ. މުޢިއްޒުގެ ފަރާތުން އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމާއި އެމްޑީއޭގެ ލީޑަރޝިޕް އަދި ކައުންސިލް އެންމެހާ މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ރިޔާސީ އިންތިހާބަށް އެމްޑީއޭ އިން ކޯލިޝަން ހެދީ އެމްޑީޕީއާއެކުއެވެ. ނަމަވެސް އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލުމަށް ނިންމައި މުއިއްޒަށް ތާއީދުކުރަން ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް