ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ގޭޓްސް ފައުންޑޭޝަނުން 70 މިލިއަން ޑޮލަރު

ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ޓަކައި ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން 70 މިލިއަން ޑޮލަރު ހަދިޔާ ކުރަން ނިންމައިފިއެވެ.
ގޭޓްސް ފައުންޑޭޝަން ހަދިޔާ ކުރާ ފައިސާގެ 20 މިލިއަން ޑޮލަރު ދާނީ ވެކްސިން އުފައްދާ މިނިވަން ރިސާޗް މަޝްރޫއުތަކަށް ހަރަދު ކުރާ ޖަމްއިއްޔާއެއް ކަމަށްވާ ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެޔާޑްނެސް އިނޮވޭޝަންސް އަށެވެ.އަދި ބާކީ 50 މިލިއަން ޑޮލަރު ދާނީ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރާ ކޯވެކްސް އެޑްވާންސް މާކެޓް ކޮމިޓްމެންޓް ގުރޫޕަށެވެ.
މީގެ އިތުރުން އެ ފައުންޑޭޝަނުން ވަނީ ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރު ކޮށްދިނުމަށް މިދިޔަ ޖޫން މަހުން ފެށިގެން ހަރަދު ކުރަން ނިންމާފައެވެ. މީގެ ޖުމްލަ ފައިސާގެ އަދަދު މިހާރު ވަނީ 156 މިލިއަން ޑޮލަރަށް އަރާފަ އެވެ.
ބިލް ގޭޓްސް ވަނީ ކޮވިޑް-19 މި ބަލިމަޑުކަމުގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކަށް އެހީ ފޯރުކޮށްދީފައެވެ. ޚާއްސަ ކޮށް ބިލް ގޭޓްސްއަކީ ފަޤީރުންނަށް އިސްކަންްދޭކަންދޭ ފަރާތެއްކަން ބޭރުގެ ނޫސް މަޖައްލާ ތަކުން ބުނެއެވެ.