މިރޭ މާލޭގައި ހަވާ އަރުވަނީ

މާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް މިރޭ މާލޭ ސިޓީ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ކަނޑުގެ ސަރަހައްދުގައި ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކުން، ސިފައިންގެ ކޯޕަރޭޓިވް ސިފްކޯ އިން ކުރިޔަށް ގެންދާ އިވެންޓެއް ކަމަށް ވެސް އެމްއެންޑީއެފްއިން ހާމަ ކުރެއެވެ. މިރޭ ހަވާ އެރުވުން ކުރިޔަށް ދާނީ 2 މިނެޓް އަށެވެ.
އާއްމުކޮށް އައު އަހަރާ ދިމާކޮށް މާލޭގައި ހަވާ އަރުވާކަން ފާހަގަ ކޮށްލެވެއެވެ. އަދި މިނޫނަސް ބައެއް މުނާސަބަތުތަކާ ދިމާކޮށް ހަވާ އަރުވައެވެ. އަދި ހަވާ އަރުވާތަން ބަލަން ގިނަ ބަޔަކު ދާކަން ފާހަގަ ކޮށްލެވެއެވެ.
އިންޑިޔާ އެންބަސީން ދިވާލީ ފާހަގަކުރެއްވީ ދެއްތޯ… ހަހހަހާ