ޚަބަރު

މިރޭ މާލޭގައި އެރުވި ހަވާ: ޢާއިލާއިން ދިން ކައިވެނީގެ ހަދިޔާއެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަނީ.. ފޮޓޯ: ސަން މީޑީޔާ

މިރޭ މާލޭގެ ޢިއްޒުއްދީނު ފާލަމާ ދިމާ ބޭރުން ކަނޑުގެ ސަރަޙައްދުގައި އެރުވި ހަވާއަކީ، އަމިއްލަ ފަރާތެއްގެ އެދުމުގެ މަތިން "ސަޕްރައިޒް" އިވެންޓެއްގެ ގޮތުގައި އެރުވި ހަވާއެއްކަން "ދެން" އަށް ހާމަވެއްޖެއެވެ.

Ads by Sosun Fihaara

އެންމެ ދެ މިނެޓު ވަންދެން އެރުވި މިހަވާއާ ގުޅޭގޮތުން މީސް މީޑިއާގައި ވަނީ ތަފާތު އެކިއެކި ވާހަކަތައް ފަތުރާފައެވެ.

އެގޮތުން އެންމެ ގަދަޔަށް ދެކެވެމުންދިޔަ ވާހަކައަކީ މިރޭ ހަވާ އެރުވީ ހިންދޫ ދީނުގެ "ދިވާލީ" ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް "ދެން" އަށް ކަށަވަރުވެފައިވާ ގޮތުގައި މިރޭ ހަވާ އަރުވާފައި ވަނީ "ސަޕްރައިޒް" އިވެންޓެއްގެ ގޮތުގައެވެ.

ނަން ހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ މިރޭ ހަވާ އަރުވާފައި ވަނީ ދިވެހި ޢާއިލާއަކުން ބޭއްވި ކައިވެންޏަކާ ގުޅިގެން، ވިޔަފާރި އުސޫލުން އެޢާއިލާގެ އެދުމުގެ މަތިން އެމްއެންޑީއެފްއާ ގުޅިގެން ކަމަށެވެ.

"ސޯލްޓް ކެފޭ" ގައި ބާއްވާފައިވާ މިކައިވެންޏާ ގުޅިގެން ހަވާ އަރުވާފައި ވަނީ އެޢާއިލާއިން ކައިވެނިކުރި ދެމަފިރިންނަށާއި އެހެން އެންމެންނަށް ވެސް ސަޕްރައިޒެއް ދިނުމުގެ ގޮތުގައި ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

މިއީ ސަޕްރައިޒްއަކަށް ވާތީ، މީގެ ޚަބަރު އެމްްއެންޑީއެފުން ވެސް ހާމަ ނުކުރުމަށް އެދިފައިވާނެ ކަމަށާއި، ބައެއްގެ އެހެން ފެސްޓިވަލަކާއި ދިމާވެފައި ވަނީ އިއްތިފާޤަކުން ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.

  1. ގަމާރު

    ތިޔައީ އަޖައިބެއް ކައިވެއްޏާއި ދިވާލީ ދުވަހާއި ދިމާވުން އަނެއްކާ ބުއްޏޭ ބުއްޏޭ…

    • މުޙަންމަދު

      ތިބުނާ “ދިވާލީި” އެއް އަލަށް މި އަޑުއެހީ. ދެން މި ރާއްޖޭގެ އެންމެންނަށް އެއީ ހިންދީ ދީނުގެ ޢީދެއްކަން ރަނގަޅަށް އެނގި އެކަމަށް ދެވި ހިފާވަރަށް ތިވާހަކަ ހުރިހާ ނޫހެއްގައި ކޮންމެ ދުވަހަކު ހަފްތާއެއް ވަންދެން ޖަހާ އިސްތިހާރު ކުރެވޭތޯ ބަލާ. އޭރުން ޚަބަރެއް ގެނެސް ދެވުނުކަމަށް ވާނީ.

      • އަނގައޭ ކިޔާބަ

        ކޮން މޮޔައެއްތަ ތިވަނީ؟ އާޓިކަލް އަކުން މަށަކަށް ނުފެނުނު ތިބުނާ ދިވާއްޔެއް އިޝްތިހާރު ކޮށްފަ އިންތަނެއް! ހަމައެކަނި ޖަހާފަ އިނީ އެކަމާ ގުޅިގެން އަރުވާ ހަވައެކޭ ކިޔައޭ އެބަ!

      • ިއަހާ،

        ތެދުވާހަކައެއް