Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރޭޕުގެ ޝިކާރައަކަށްވި ކުޑަ ކުއްޖަކު ބަލިވެއިން މައްސަލައެއް ފެންމަތިވެއްޖެ

ރޭޕުގެ ޝިކާރައަކަށްވި ކުޑަ ކުއްޖަކު ބަލިވެއިން މައްސަލައެއް ފެންމަތިވެއްޖެ

ރޭޕުގެ ޝިކާރައަކަށްވި ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މައްސަލައާއި ގުޅޭގޮތުން، ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހުވަދު އަތޮޅުން ދެކުނުގެ ރަށެއްގައި 18 އަހަރު ނުފުރޭ ކުއްޖަކު ބަލިވެ އިން މައްސަލައެއް މިދިޔަ ހުކުރު ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އޮފިޝަލު ވިދާޅުވީ، ސައުތު ޕޮލިސް ރީޖަންގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް އޮކްޓޫބަރު 6، ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިފަދަ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އިންސާފު ނުލިބޭކަމުގެ ޝަކުވާ ބޮޑެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް