Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އައިއޭސީގެ ގުދަނަކަށް ޔަހޫދީން ހަމަލާދީ، ފުނޑުފުނޑު ކޮށްލައިފި

އައިއޭސީގެ ގުދަނަކަށް ޔަހޫދީން ހަމަލާދީ، ފުނޑުފުނޑު ކޮށްލައިފި

ފަލަސްޠީނުގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް ބޭނުންވާ އިންސާނީ  އެހީތެރިކަން ފޯރުކޮށްދިނުމުގައި އަވަދިނެތި ހަރަކާތެރިވާ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ގުދަނަކަށް ހަމަލާދީ، އެ ތަން ފުނޑުފުނޑު ކޮށްލައިފިއެވެ.

މި ހަމަލާއާއި ގުޅޭގޮތުން އައިއޭސީން ބުނީ، އެ ޖަމިއްޔާގެ ވެއަރ ހައުސް އަކަށް ސީދާ އަމާޒުކޮށް އިސްރާއީލްގެ ޔަހޫދީން ހަމަލާދީފައިވާ ކަމަށާއި މި ހަމަލާގައި ވެއަރ ހައުސް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.

ޔަހޫދީން ވަނީ އައިއޭސީގެ އުޅަނދަކަށް ވެސް ހަމަލާދީ ބަޔަކު ޒަޚަމް ކޮށްލައިފައެވެ. މި ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ވެފައެއް ނުވެއެވެ.

Advertisement
Allied — Dhen Online (box)

ިއިޒްރޭލުގެ އަމާޒަކަށް ވި އައިއޭސީގެ ގުދަނުގައި  ހުރި ތަކެތީގެ ތެރޭގައި 2،000 ރަޖާ އާއި ވަގުތުން ކެވޭގޮތަށް ތައްޔާރު ކުރެވިފައިވާ 1،000 ޕެކު ހިމެނެއެވެ. އަދި އަންނައުނު 3000 ޕެކް ވެސް ހިމެނެއެވެ.

ޔަހޫދީންގެ ހަމަލާތަލުގައި ޝަހީދުކޮށްލި ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު ވަނީ 2،000އިން މައްޗަށް އަރައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް