މުއިއްޒުގެ ވާހަކަތަކަށް މެމްބަރު އިކުރާމުގެ ރައްދެއް

ށ.ބިލެތްފެއްސާއި މ.މުލީގައި އެއަރޕޯޓު އަޅަން ނިންމައި އެކަން އިއުލާން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ރައްދު ދެއްވައިފިއެވެ.
އަންނަ އަހަރު ބިލެތްފެއްސާއި މުލީގައި އެއަރޕޯޓު އެޅުމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެފައިވާއިރު، މުއިއްޒު ރޭގެ ވަގުތެއްގައި ވިދާޅުވެފައި ވަނީ އެ ދެއެއަރޕޯޓަކީ ވެސް ރައީސް ޔާމީނު ކުރިއަށް ގެންދަވަން ނިންމަވާފައިވާ ދެއެއަރޕޯޓެއް ކަމަށާއި، އެއީ އެމަނިކުފާނު އިއުލާން ކުރެއްވި ދެ އެއަރޕޯޓު ކަމަށެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރު މުލީގައި ބިންހިއްކުމުގެ މަސައްކަތް ނިންމުން ފާހަގަ ކުރައްވަން ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
އެހެން ނަމަވެސް މުއިއްޒުގެ މި ވާހަކަފުޅަށް ރައްދު ދެއްވައި އިކްރާމް ޓުވީޓު ކުރައްވާފައި ވަނީ، ރައީސް ޔާމީނުގެ ސަރުކާރުން މުލީގައި އެއަރޕޯޓެއް އަޅަން ނިންމި ނަމަ ބޮޑު ޚަރަދު ކޮށްގެން ބިން ހިއްކަން ވާނީ ވެސް އެއަރޕޯޓު އެޅޭ ގޮތަށް ކަމުގައެވެ. އަދި އެއަރޕޯޓު އަޅާ ކަމުގައިވަނީ ނަމަ އަލުން ބިން ހިއްކަން ވީތޯ ވިދާޅުވެ ސުވާލު ވެސް ކުރައްވާފައި ވެއެވެ.