ހޯރަފުށި އެއާޕޯޓުގައި ޓެސްޓު ފްލައިޓު ޖައްސައިފި

ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފިއެވެ. މި ފްލައިޓު ޖައްސާފައި ވަނީ މިއަދު ހެނދުނު 9:15 ހާއިރުއެވެ.
ޓެސްޓު ފްލައިޓު ޖެއްސިއިރު، ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން އެއާޕޯޓަށް ވަނީ އެއްވެފައެވެ.
މީގެ އިތުރުން ވެސް ޓެސްޓް ފްލައިޓަށް މަރުހަބާ ކިޔުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި ހޯރަފުށި ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާޒިމް އަދި އެމްޓީސީސީގެ އިސްފަރާތްތަކާއި ރަށު ކައުންސިލްގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވަނީ އަންގާރަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުއެވެ.