ޚަބަރު

ޤާސިމްގެ އަނބިކަނބަލުން ނޫންނަމަ ނަހުލާ އަދިވެސް ހުންނާނީ ވެއިޓަރަކަށް ނޫނީ ނަށަން: މުޙައްމަދު އިސްމާއިލް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ގެ އަނބިކަނބަލުންނަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ނުވިނަމަ، އެކަމަނާ އަދިވެސް ހުންނާނީ ހާބަރުގައި ވެއިޓަރަކަށް ނޫނީ ނަށާ ގްރޫޕެއްގައި ނަށަން ކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއީލް ފާޑު ވިދާޅުވެއްޖެއެވެ.

މުޙައްމަދު އިސްމާއިލް މިހެން ވިދާޅުވީ، ޓްރާންސްޕޯޓު މިނިސްޓަރުކަން ލިބިވަޑައިގެންނެވީ ވަކި މީހެއްގެ އަނތްބަކަށް ވެެގެން ނޫންކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވެފައިވުމާއި ގުޅިގެންނެވެ.

މުޙައްމަދު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިނިސްޓަރ ނަހުލާ ވަރަށް ރަނގަޅަށް ދަންނަ ކަމަށާއި އެކަމަނާއަށް އެކަން އޮޅުނު ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލަކަށް ނުވިނަމަ އަދިވެސް ހުންނާނީ ހާބަރުގައި ވެއިޓަރުކަން ކުރަން ނޫނީ ނަށާ ގްރޫޕެއްގައި ނަށަން ކަމަށެވެ.

މީގެއިތުރުން މުޙައްމަދު އިސްމާއިލް ވިދާޅުވީ ޤާސިމްގެ އަނބިކަނބަލަކަށް ނުވިނަމަ ނަހުލާއަށް މިނިސްޓަރުކަން ކީއްކުރަން ޕިއޯނުކަން ވެސް ނުލިބޭނެ ކަމަށެވެ.

  1. ފަރީ

    މުހައްމަދު އިސްމާއީލު އެވިދާޅުވީ ހަމަރަނގަޅަށް.ކުއްޅަވަށްފަލު ރަނިކަމަނާ ހެދުނަސް ދެންބޮޑުވަރު.. ހެހެހޭ

  2. ކުރީގެ މަޖިލިސް މެންބަރަކަށްވުމުން އަދި މީހެއްގެ އުމުރުގައި ކަންވާނެގޮތެއް ނޭނގޭނެ. ﷲމީހުންނަށް އިއްޒަތާއި އާރާއި ބާރު އަދި ވެރިކަންވެސް ދެއްވަނީ. ޢަދި އެކަމެއް ފިއްލަވަނީވެސް ﷲ. ޢެހެންވީމަ ވަކި މީހަކު ވަކި މީހެއްގެ އަތްބަކަށްވުމަކުން އެމީހަކަށް ލިބެން އޮތްކަމެއް އުންޏެއް ނުވާނެ. ޚުދު ތިމާއަމެދު މާދަމާ ކަންވާނެގޮތް ނޭނގޭހިނދު މީހުންނާ ދިމައަށް ތިޒާތުގެ އެއްޗެހި ކިޔުމަކީ ތިމާގެ ޖާހިލުކަން ހާމަވާކަމެއް.

  3. ހުދާ

    ވެއިޓަރަކަށް ހުއްޓަސް ކަލޭމެން ޚިދުމަތް ހޯދަން ދާނީ، ނަށަން ހުއްޓަސް ބަލަން ދާނީ ކަލޭމެން، ކަލޭމެން ގޮތަށް މަޖިލީހަށް ވަދެ ހަޑި ހޭވުމަށްވުރެ ރަނގަޅުދޯ އެވަރު، ކަލޭ ޖޭ ވިޔަސް ބޮޑުވަރު ތީ

  4. ޢަހްމަދު

    މުހައްމަދު އެއްވެސް އިންސާނަކަށް ފުރައްސާރަކޮށް ބަދުބަސް ބުނުމަކީ ދެރަކަމެއް ހެޔޮވިސްނުންދެއްވައި ހެޔޮގޮތް މެދުވެރިކުރައްވާށި

  5. ގަދަރު

    މުޙައްމަދު އިސްމާއިލް ކަލޭތީ ކާއިނާތުގެ ވެރި އިލާހުތަ؟