Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ޞާލިޙް ދެއްކެވި ރީތި މިސާލާ އެއްގޮތަށް ރައީސް ޑރ. މުޢިއްޒު، ޤައުމުގެ ކަންކަން ގެންގޮސްދެއްވާނެކަމަށް އުންމީދުކުރަން: ރޮޒައިނާ

ރައީސް ޞާލިޙް ދެއްކެވި ރީތި މިސާލާ އެއްގޮތަށް ރައީސް ޑރ. މުޢިއްޒު، ޤައުމުގެ ކަންކަން ގެންގޮސްދެއްވާނެކަމަށް އުންމީދުކުރަން: ރޮޒައިނާ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ރީތި މިސާލާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމުގެ ކަންކަން ގެންގޮސްދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް މިއަދު ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވާފައިވާއިރު، އެމަނިކުފާނަށް މަރުޙަބާ ދަންނަވަމުން ރޮޒައިނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުގައި ރައީސް ޞާލިޙް ދެއްކެވި ރީތި މިސާލު ކުރިއަށް އޮތް 5 އަހަރުގައި ރައީސް ޑރ. މުޢިއްޒުގެ ފަރާތްޕުޅުންވެސް ފެނިވަޑައިގަންނަވާކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

https://twitter.com/Roxeyna/status/1725524443722920319

Advertisement
Ooredoo — Square (box)

މީގެ އިތުރުން ރޮޒައިނާ ވަނީ، <span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">ރައީސް ޞާލިޙުއަށާއި އެމަނިކުފާނުގެ ނައިބު ރައީސް ފައިސަލް ނަސީމު ވޭތުވެދިޔަ 5 އަހަރު ރާއްޖެއަށް ކޮށްދެއްވި ޚިދުމަތަށްޓަކައި އެދެބޭފުޅުންނަށް ޝުކުރުދަންނަވާފައެވެ. </span>

https://twitter.com/Roxeyna/status/1725527099874988505

އެގޮތުން، ރީތި، އަމާން އަދި ހެޔޮވެރިކަމެއް ކޮށްދެއްވައި ނިންމާލެއްވީ ވެރިކަން ކުރަންޖެހޭ ގޮތުގެ ރީތި މިސާލު ރައްޔިތުންނަށް ދައްކަވާފައިކަމަށްވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް