ދީނީ ވަޙުދަތު މިއަދު މިވަނީ ނުރައްކަލެއްގެ ތެރޭގައި: ޝައިޚް ޝަފީޢު

ދިވެހި ކާބަފައިން މިހައި ހިސާބަށް ގެނެސްދެއްވި ދީނީ ވަޙުދަތު މިއަދު މިވަނީ ނުރައްކަލެއްގެ ތެރޭގައި ކަމަށް ޝައިޚް ޝަފީޢު ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރާ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝައިޚް ޝަފީޢު ވިދާޅުވީ ދީނީ ވަޙުދަތު ދެމެހެއްޓުމަށްޓަކައި ފަރުދީ ގޮތުންނާއި ޖަމާޢީގޮތުން މިއަދު ވަނީ ނުހަނު ބުރަ މަސައްކަތެއް ކުރަން ޖެހިފައި ކަމަށެވެ.
" ދުޢާއަކީ މާތް ﷲ އަޅުގަނޑުމެންގެ ލޮބުވެތި މި ވަތަނުގެ ދީނީ ވަޙުދަތު ތާއަބަދަށް ލެހެއްޓުމެވެ. އާމީން!" ޝައިޚް ލިޔުއްވާފައި ވެއެވެ.
ޝައިޚް ޝަފީޢު މި ފަދައިން ވާހަކަފުޅު ދައްކަވާފައިވާއިރު ދީނީ ބައެއް ޢިލްމް ވެރިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

Ads by Allied Insurance