Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި އިންޑިއާއާ ގުޅިގެން މަސައްކަތް ކުރާނަން: ޒަމީރު

ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި އިންޑިއާއާ ގުޅިގެން މަސައްކަތް ކުރާނަން: ޒަމީރު

ހުރި ކަންބޮޑުވުންތަކަށް އިންޑިއާއާ އެކު ގުޅިގެން މަސައްކަތްކޮށް ހައްލު ހޯދުމަށް ތައްޔާރަށް ހުންނެވި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މޫސާ ޒަމީރު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެކްސް ގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުގެ ޕޯސްޓުގައި ޒަމީރަށް މަރުހަބާ ވިދާޅުވެ ވަނީ މަސްލަހަތު ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އެ ޕޯސްޓާއި ގުޅިގެން ޒަމީރު ވެސް ވިދާލުވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކަންބޮޑުވުން ހުރި ކަންކަމުގައިވެސް ގުޅިގެން މަސައްކަތް ކުރައްވާނެކަން ފާހަގަ ކުރެއްވިއެވެ.

Advertisement
Allied — Dhen Online (box)

ފޮރިން މިނިސްޓަރު ޒަމީރު މިފަދައިން ވިދާޅުވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ގެންގުޅޭނީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތެއް ކަމަށް ވަނީ ހާމަކުރައްވާފައެވެ. އަދި ވަކި ޤައުމަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް