ޚަބަރު

މުންދު، ޤާސިމަށް:ބަޖެޓާ ގުޅިގެން މި އުފުލަނީ ނިކަމެތި ރައްޔިތުންގެ ކަންބޮޑުވުން ، މަހުޖަނުންގެ ހައްގުތަކެއް ނޫން!

ދެން އެމްވީ ، ދެން އޮންލައިން

ދައުލަތުން އަންނަ އަހަރަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ދަރަނި ބޮޑު ބަޖެޓް ކަމު ނުގޮސްގެން އުޅެނީ ، ވެރިކަން ވައްޓާ ނުލެވިގެން އުޅޭ ބަޔަކަށް ކަމަށް ވިދާޅުވުމުން އެކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ޔޫތު މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ރައްދު ދެއްވައިފިއެވެ.

Ads by MWSC

މުންދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ބަޖެޓު ދިރާސާކޮށް، އޭގައި ހުރި ރައްޔިތުންގެ ކަންބޮޑުވުން ހާމަކުރުމަކީ ވާދަވެރި ސިޔާސީ ޕާޓީގެ ގާނޫނީ ޒިންމާ ކަމަށާއި އެކަމާ ބިރުފުޅު ނުގަތުމަށް ދަންނަވާ ކަމަށެވެ. އަދި މިއީ ޑިމޮކްރަސީ ކަމަށާއި އެއީ އެހާ ބިރުވެރި އެއްޗެއް ނޫން ކަމަށް މުންދު ވިދާޅުވެފައި ވެއެވެ.

މުންދު ވިދާޅުވީ ބަޖެޓާ ގުޅިގެން އިދިކޮޅުން އުފުލަނީ ނިކަމެތި ރައްޔިތުންގެ ކަންބޮޑުވުން ކަމަށާއި ، ހަމަ މުސާރަ ނުދީ ރައްޔިތުން ލައްވާ ނޯކިރީ ކުރުވާ މަހުޖަނުންގެ ހައްގުތަކެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ ހުށަހެޅުން ކަމު ނުދާ ނަމަ އޮންނާނީ އެންމެ ގޮތެއް. މަނިކުފާނު މަހުޖަނުންގެ މަތިން ބަސް ވިދާޅުވޭ. އަޅުގަނޑުމެން ރައްޔިތުންނައިގެން އުޅޭނަން" ގާސިމަށް އިޝާރަތްކޮށް މުންދު ވިދާޅުވިއެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.8 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ 7 ލައްކަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށް ޓުއަރިޒަމުން ލިބޭނެ ޓެކްހާއި ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން ލިބޭނެ އާމްދަނީ އެވެ. އަދި އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން އިތުރު އާމްދަނީ ލިބޭނެ ކަމަށާއި ބޭރުގެ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރައްވާފައިވާއިރު އޭގެ ތެރެއިން 75 އިންސައްތަ އަކީ އިންޑިއާއިން ލިބޭނެ ކަމަށް ލަފާ ކުރާ އެހީއެވެ.

ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ އަކީ 17.8 ބިލިއަން ރުފިޔާ ނަމަވެސް ރިކަރެންޓް ޚަރަދުގެ ގޮތުގައި 21.6 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާ ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި އަންނަ އަހަރު އަލަށް އުފެދޭ އެތަކެއް ސިޔާސީ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ހިމެނެއެވެ.

 

 

 

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!