Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީއަށް 354 ފޯމު, އަމާޒު ހިފާފައިވަނީ ސުޕަ މެޖޯރިޓީއަށް

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީއަށް 354 ފޯމު, އަމާޒު ހިފާފައިވަނީ ސުޕަ މެޖޯރިޓީއަށް

ޕީޕީއެމް/ޕީއެންސީން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް 350އަށްވުރެ ގިނަ ފޯމު ހުށައަޅައިފިއެވެ. އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިާޚބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރާނެއެވެ. އެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ، މިމަހުގެ 23ވަނަ ދުވަހު ބާއްވާ ގޮތަށް އެ ކޯލިޝަނުން ވަނީ ނިންމާފައެވެ.

ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މިމަހުގެ 7އިން 11 ވަނަ ދުވަހާއި ހަމައަށް ހުޅުވާލިއެވެ. އެ ފުރުޞަތުގައި 354 ފޯމު ހުށައެޅިކަމަށް އެ ކޯލިޝަނުން ބުންޏެވެ. އަދި އޭގެތެރެއިން 10 ދާއިރާއެއްގައި ނޫނީ އެހެން ހުރިހާ ދާއިރާއެއްގައި ޕްރައިމަރީ ބާއްވަން ޖެހޭކަމަށްވެސް ކޯލިޝަނުން ބުންޏެވެ. 10 ދާއިރާއަކަށް ވާދަކުރުމަށް ފޯމު ހުށައެޅީ އެންމެ ފަރާތަކުން ކަމަށްވާތީ، ވަނީ އެފަރާތްތަކަށް ޓިކެޓު ކަށަވަރުވެފައެވެ. އަދި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ނަގަމުންދާތީ އެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުންޏެވެ.

މިހާތަނަށް ޓިކެޓު ކަށަވަރުވެފައިވާ ދާއިރާތައް

ފޮނަދޫ ދާއިރާ - ޕީއެންސީގެ ޗެއާރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އޭދަފުށި ދާއިރާ - އެދާއިރާގެ މިހާރުގެމެންބަރު އަހްމަދު ސަލީމް ބާރަށު ދާއިރާ - ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާޢު މަހިބަދޫ ދާއިރާ - އެދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ގަލޮޅު ދެކުނު ދާއިރާ - އެ ދާއިރާގެ ކައުންސިލަރު އިބްރާހީމް މުޙައްމަދު

ޕްރައިމަރީއަށް ހުޅުވާލީ ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންނަށް އެކަންޏެވެ.

Advertisement
Allied — Dhen Online (box)
ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝާނާއި ބައެއް އިތުރު ޕާޓީތަކުން ގުޅުނަމަވެސް، މިހާތަނަށް ނިންމާފައި ވަނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް އެކަނި މަޖިލިސް އިންތިޚާބުގައި ކުރިމަތިލުމަށް ފުރުޞަތު ދިނުމަށްކަމަށް ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކޯލިޝަނާއި ގުޅުނު އެމްޑީއޭ އަދި އެމްއެންޕީއާއި އެކު އޭރު އެއްބަސްވުންތަކަކަށް އައިނަމަވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމާއި ގުޅޭ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަމަށެވެ. ޢަބްދުއްރަޙީމް ވިދާޅުވީ މިސަރުކާރު ދެމެހެއްޓުމަށް، މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުން ވަރަށް މުހިންމުކަމަށެވެ. ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، މަޖިލިސް އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ، މަޖިލީހުގެ "ސުޕަރ މެޖޯރިޓީ" ނެގޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތްކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް